އަމާޒަކީ ހަފްތާއަކު ތިން ދުވަހު ކަސްރަތު ޕްރޮގްރާމް ހިންގުން

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ހަފްތާއަކު މަދުވެގެން ތިން ދުވަހު، 45 މިނެޓާއި ގަޑިއިރަކާ ދެމެދުގެ ވަގުތަކަށް ކަސްރަތު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒެއް ކަމ...

24 Mar 2026 | 08:15
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު /ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު /ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި

ހަފްތާއަކު މަދުވެގެން ތިން ދުވަހު، 45 މިނެޓާއި ގަޑިއިރަކާ ދެމެދުގެ ވަގުތަކަށް

ކަސްރަތު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ހާމަކުރައްވައިފިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، މިނިސްޓްރީން މިހާރު އެންމެ

ބޮޑު އަހައްމިއްޔަތުކަމެއް ދެނީ އަލަށް އުފެއްދި ފިޓްނެސް އެންޑް ރިކްރިއޭޝަން

ޑިޕާޓްމަންޓުގެ ހަރަކާތްތައް މުޅި ރާއްޖެއަށް ހަލުވިކަމާއެކު ފުޅާކުރުމަށެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން

ވަޒީރު ވިދާޅުވީ، ސަރުކާރު ބަންދަށްފަހު މި މަސައްކަތްތައް އަމަލީގޮތުން

ފަށާފައިވާ ކަމަށާއި، މައިގަނޑު މަގްސަދަކީ ޖިސްމާނީ ހަރަކާތްތެރިކަން

އިތުރުކުރުމުގެ ޕްރޮގްރާމްތައް ރަށްރަށުގައި ފެށުން ކަމަށެވެ.

މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ

ކުޅިވަރު ވުޒާރާގެ މުވައްޒަފުންނާއި ރަށްރަށުގައި ތިބޭ ތަމްރީނުދޭ ފަރާތްތަކުގެ

އެހީތެރިކަމާއެކު މުޅި މުޖުތަމައު ބައިވެރިވާ ގޮތަށެވެ. ވަޒީރު ފާހަގަކުރެއްވި

ގޮތުގައި، ދުޅަހެޔޮކަން އިތުރުކުރުމަށް ދޭ ސަމާލުކަން ބޮޑުކަމުން، މިކަމަށް ހާއްސަ

ޑިޕާޓްމަންޓެއް އުފައްދައި މިހާރު ވަނީ މުވައްޒަފުންވެސް ހަމަޖައްސާފައެވެ.

މިހާރުވެސް ބައެއް ރަށްރަށުގައި މި ހަރަކާތްތައް ފެށިގެން

ކުރިއަށްދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މީގެ ތެރޭގައި މޫދު

ކަސްރަތާއި އެއްގަމުގައި ކުރާ ތަފާތު ކަސްރަތުތައް ހިމެނޭ ކަމަށެވެ. ވޭތުވެދިޔަ ދެ

ހަފްތާގައި މި މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގޮސްފައިވާ ކަމަށްވެސް

އެމަނިކުފާނު ވިދާޅުވިއެވެ.

ބަލިތަކުން ރައްކާތެރިވެފައިވާ މުޖުތަމައެއް

ބިނާކުރުމަށްޓަކައި، އައުޓްޑޯ ޖިމްތަކާއި ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ އިތުރުން

ފިޓްނެސް ސެންޓަރުތައް ގާއިމުކުރުމަށް ސަރުކާރުން ވަނީ ބަޖެޓުގައި ބޮޑު ހޭދައެއް

ކުރުމަށް ނިންމާފައެވެ. މީގެ ސަބަބުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް

ކަސްރަތުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް