ޓީބީ މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ލިބޭ ފަޚުރެއް: ރައީސް

ދުނިޔޭގެ ނިސްބަތުން ޓީބީ ބަލި ޖެހޭ މިންވަރު މަދު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުމަކީ ފަޚުރުވެރިވާންޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަޔާންކުރައްވައިފިއެވެ. ބައިނަލ...

24 Mar 2026 | 06:44
ރައީސުލްޖުމްހޫރިއްޔާ ދަރުމަވަންތަ ހޮސްޕިޓަލްގައި /ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ދަރުމަވަންތަ ހޮސްޕިޓަލްގައި /ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ ނިސްބަތުން ޓީބީ ބަލި ޖެހޭ މިންވަރު މަދު

ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުމަކީ ފަޚުރުވެރިވާންޖެހޭ ކަމެއް ކަމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަޔާންކުރައްވައިފިއެވެ.

ބައިނަލްއަގުވާމީ ޓީބީ ދުވަހާ ގުޅުވައިގެން ސޯޝަލް

މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިއީ ރައްކާތެރިކަމުގެ

ފިޔަވަޅު އެޅޭ އަދި ފަރުވާ ހޯދައިގެން ރަނގަޅު ކުރެވޭ ބައްޔަކަށް ވީ ނަމަވެސް،

ދުނިޔޭގެ އެކި ހިސާބުތަކުގައި އަދިވެސް މިލިއަނުން މީހުން މި ބަލީގެ ނުރައްކަލަށް

ހުށަހެޅެމުންދާ ކަމަށެވެ. މި ބަލި މުޖުތަމައުން ނައްތާލުމަށްޓަކައި ވަރުގަދަ

ސިއްހީ ނިޒާމެއްގެ މުހިންމުކަން ފާހަގަކުރައްވަމުން، ބަލި އަވަހަށް ދެނެގަތުމަށް

އާންމު ފަރުދުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ޓީބީ ބަލި މަދުކުރުމަށް ކުރެވޭ

މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ބަލި ދެނެގަންނަ ނިޒާމު

ހަރުދަނާކުރުމާއި، ފަސޭހައިން ޓެސްޓު ކުރެވޭނެ ގޮތް ހެދުމުގެ އިތުރުން، ބަލީގެ

ނުރައްކާ ބޮޑު މީހުންނަށް ހާއްސަ އަޅާލުން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް

ކުރެވެމުންދާ ކަމަށެވެ. އަދި ޓީބީން ސަލާމަތްވެފައިވާ މުޖުތަމައަކަށް

ވާސިލުވުމަށްޓަކައި ސިއްހީ ހިދުމަތްތެރިންނާއި ރައްޔިތުން ގުޅިގެން އާންމު

ސިއްހަތު ރައްކާތެރިކުރުމުގެ އަޒުމް އާކުރަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ މާރިޗު 24 ވަނަ ދުވަހަކީ ޓީބީ ބައްޔާ

މެދު ހޭލުންތެރިކަން އިތުރުކުރުމަށް ފާހަގަކުރާ ދުނިޔޭގެ ޓީބީ ދުވަހެވެ. މައިކްރޯ

ބެކްޓީރިއަމް ޓިއުބަރކިއުލޯސިސްގެ ސަބަބުން ޖެހޭ މި ބައްޔަކީ ނޭވާލާ ނިޒާމުގެ

ތެރެއިން ފެތުރޭ، މައިގަނޑު ގޮތެއްގައި ފުއްޕާމެއަށް އަސަރުކުރާ ބައްޔެކެވެ.

ނަމަވެސް ހަށިގަނޑުގެ އެހެން ގުނަވަންތަކަށްވެސް މި ބަލީގެ ނުރައްކާ އޮވެއެވެ.

ދިވެހިރާއްޖޭގައި 1994 ވަނަ އަހަރުން ފެށިގެން

ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް، ޑޮކްޓަރުންގެ ބެލުމުގެ ދަށުން ޓީބީއަށް

ފަރުވާ ދެވޭނެ ހަރުދަނާ އިންތިޒާމުތަކެއް ވަނީ ގާއިމުކުރެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް