އައިޝަތު އިބްރާހިމް - ފޮޓޯ: ދާންދޫ ސިއްހީ މަރުކަޒު
ގއ. ދާންދޫގައި އެލާޖިކެއް ވެގެން އެ ރަށު ސިއްޙީ މަރުކަޒަށް ގެންދިޔަ އަންހެނަކު ރޭ ނިޔާވެއްޖެއެވެ.
ދާންދޫ ހެލްތު ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ އެލާޖިކެއް ވެގެން ރޭ ނުވައެއް ޖަހާކަށް ހާއިރު މަރުކަޒަށް ގެންދިޔަ 41 އަހަރުގެ އެ އަންހެން މީހާ ނިޔާވެފައިވާ ކަމަށެވެ. ނަމަވެސް ސީދާ ކޯއްޗަކަށް އެލާޖިކްވީ ކަމެއް އަދި ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ނިޔާވީ އެ މަރުކަޒުގެ މުވައްޒަފެއް ކަމަށްވާ އައިޝަތު އިބްރާހީމެވެ. އެއީ ސެޕްޓެމްބަރު 2004 ގައި ދާންދޫ ހެލްތު ޕޯސްޓާ ގުޅިވަޑައިގެން، މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދެވި، އެ މަރުކަޒުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އެއް މުވައްޒަފެވެ.
ދާންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެލާޖިކް ވެގެން ދާންދޫ ހެލްތު ސެންޓަރަށް ރޭ ގެންދިޔަ އަންހެނަކު ނިޔާވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް