ހ. ފިލިކުރިގެ، އަޙްމަދު ޢާމިރު (51އ) -
ޓިކްޓޮކްގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާ ފަދަ ވާހަކަ ދެއްކި މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުވާން އަންގައި އިއުލާނުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ހާޒިރުވާން އަންގާފައިވަނީ ޓިކްޓޮކްގައި "ބޫގާ" ގެ ނަމުން މަޝްހޫރު، ހ. ފިލިކުރިގެ، އަޙްމަދު ޢާމިރު (51އ) އެވެ. އޭނާ ހާޒިރުކުރަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށެވެ.
ފުލުހުން ބުނީ އެ މައްސަލައަކީ ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާ ފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައެއް ކަމަށެވެ.
އޭނާ ހާޒިރުވާން އަންގާފައިވަނީ މާރިޗު 10 ވަނަ ދުވަހުގެ 16:00 އަށް، ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެވެ. ފުލުހުން އިއުލާނުކޮށްގެން އޭނާ ހާޒިރުކުރަނީ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް