ރޯދަ މަހުގެ ފުރަތަމަ ހަތަރު ދުވަހު 21 އެކްސިޑެންޓް

މި ރޯދަ މަހުގެ ފުރަތަމަ ހަތަރު ދުވަހުގެ ތެރޭގައި މާލެ، ބްރިޖް އަދި ހައިވޭ ސަރަހައްދުގައި 21 ޓްރެފިކް އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެންމެ ގިނަ އެކްސިޑެނ...

24 Feb 2026 | 07:04
މާލޭގެ މަގުމަތިން ހަވީރެއްގެ ވަގުތު - ފައިލް ފޮޓޯ: ދުވަސް

މާލޭގެ މަގުމަތިން ހަވީރެއްގެ ވަގުތު - ފައިލް ފޮޓޯ: ދުވަސް

މި ރޯދަ މަހުގެ ފުރަތަމަ ހަތަރު ދުވަހުގެ ތެރޭގައި މާލެ، ބްރިޖް އަދި ހައިވޭ ސަރަހައްދުގައި 21 ޓްރެފިކް އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެންމެ ގިނަ އެކްސިޑެންޓް ހިނގީ ރޯދަ މަހުގެ ހަތަރު ވަނަ ދުވަހު (މި މަހުގެ 21 ވަނަ ދުވަހު) ކަމަށްވާއިރު، އެ ދުވަހު އެކަނި 11 އެކްސިޑެންޓް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މަހުގެ 15 އިން 21 އަށް ފުލުހުން އާންމުކުރި ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ މުއްދަތުގައި ޖުމްލަ 41 އެކްސިޑެންޓް ހިނގާފައިވެއެވެ. އޭގެ ތެރެއިން 36 އެކްސިޑެންޓް (%88) ހިނގީ މާލޭގައި ކަމަށްވާއިރު، ބްރިޖާއި ހައިވޭގައި ހިނގީ ފަސް އެކްސިޑެންޓެވެ. %80 އެކްސިޑެންޓް ހިނގާފައިވަނީ ދުވާލު ގަޑީގައެވެ.

އެކްސިޑެންޓްތަކުގެ ތެރެއިން އެންމެ ގިނައީ ސައިކަލާ ގުޅޭ ހާދިސާތައް ކަމަށްވާއިރު، ސައިކަލް-ކާރު ނުވަ އެކްސިޑެންޓާއި ސައިކަލް-ސައިކަލް އަށް އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ޖުމްލަ 41 ކޭސްގެ ތެރެއިން 38 ކޭސްގައި ކުދި އަނިޔާ ލިބިފައިވާއިރު، ތިން ކޭސްގައި ބޮޑެތި އަނިޔާ ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް