N/A
އަވަށްޓެރި އިންޑިއާގެ ވެސްޓް ބެންގާލް
ސަރަހައްދުގައި ނިފާ ވައިރަހުގެ އައުޓްބްރޭކެއް އުޅޭކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެގޮތުން މިހާތަނަށް ފަސް މީހަކަށް ނިފާ ވައިރަހަށް
ޕޮޒިޓިވް ވެފައިވާއިރު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި 100 މީހަކު ކަރަންޓީނުކޮށްފައިވާކަމަށް
އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި އައުޓްބްރޭކަށް ބަލައިލާއިރު އެންމެ ފުރަތަމަ
ރިޕޯޓެއް ކުރީ މި މަހުގެ 11 ވަނަ ދުވަހުގައެވެ. ވެސްޓް ބެންގާލްގެ ބަރާސަތު
ސަރަހައްދުގެ ޕްރައިވެޓް ހޮސްޕިޓަލެއްގެ ދެ ނަރުހަކު މި ވައިރަސް އަށް ޕޮޒިޓިވް ވިއެވެ.
އެއަށްފަހު އެ އަދަދު މިހާރު ފަހަކަށް އަރާފައިވާކަމަށް އިއްޔެ ރިޕޯޓްކޮށްފައިވެއެވެ.
ނިފާ ވައިރަހަކީ އިންސާނާގެ ސިކުނޑިއަށް ބޮޑެތި
ގެއްލުންތަކެއް ދީ ފުރާނައަށް ނުރައްކާކުރުވާ ވައިރަހެކެވެ. ނިފާ ވައިރަސް ނުވަތަ
އެންއައިވީ އަކީ އަދި ވެކްސިނެއް ހޯދިފައިވާ ވައިރަހެއް ނޫނެވެ. މި ވައިރަސް އާންމުގޮތެއްގައި
ޖެހެނީ ވާލުގެ ފަރާތުންނެވެ. ވާލުގެ ފަރާތުން ސީދާ އިންސާނުންނަށް އަދި ވާލުގެ ފަރާތުން
އެކި ބާވަތްތަކުގެ ޖަނަވާރުތަކަށް އަދި އެއަށްފަހު އިންސާނުންގެ މެދުގައި ފެތުރުމުގެ
ފުރުޞަތުވެސް އޮވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް