N/A
ބާޒާރު ސަރަހައްދުން ވައްކަމެއް ކުރި މައްސަލައެއްގައި
އަނިޔާވާފަދަ ގޮތަކަށް މީހަކު ބިންމަތީގައި ދަމާ ކޫއްތާ ގެންގޮސް މޫދަށް އެއްލާލައިފިއެވެ.
އެ މަންޒަރުތައް ފެންނަ ވީޑިއޯއެއް ޚުލާސާ މީޑިއާއިން
ހާމަކޮށްފައިވާއިރު އެ ވީޑިއޯއިން ފެންނަނީ މީހަކު މީހެއްގެ ފައިދާ ހިފާ ދަމާ ކޫއްތާ
ބަނދަރު ތޮށިގަނޑާއި ދިމާއަށް ގެންދާ މަންޒަރެވެ. ބިންމަތީގައި އޮތް މީހާގެ އަތަށް
އެހެންމީހަކު ފައިން އަރާ މަންޒަރުވެސް ފެނެއެވެ.
ވީޑިއޯގެ ކެޕްޝަންގައި ޚުލާސާއިން ބުނެފައިވަނީ
"15 ރުފިޔާގެ ވައްކަމެއް ކުރިކަމަށްބުނެ މީހަކު އަނިޔާވެރިކޮށް މޫދަށް
އެއްލާލައިފި" ކަމަށެވެ.
އެ ވީޑިއޯއިން ފެންނަ ބިދޭސީއަކު އޭނާގެ ފޯނު
އެމީހަކު ވަގަށްނެގި ކަމަށް ބުނާ މަންޒަރުވެސް ފެނެއެވެ. އަދި ޚުލާސާގައި އެ ބުނާ
ބީދައިން 15 ރުފިޔާއެއްގެ ވާހަކަވެސް ވީޑިއޯގައި ދެކެވެއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން އަދި ބަހެއް ބުނެފައެއް
ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް