N/A
ޣައްޒާ މަސްރަޙުގެ އެންމެ ފަހުގެ އަދާހަމަތަކަށް
ބަލައިލާއިރު ސުލްޙަ ގާއިމުކުރުމުގެ ދެވަނަ މަރުޙަލާ މި ފެށޭ 2026 ވަނަ އަހަރުގެ
ކުރީކޮޅު ފެށޭނެކަމުގެ އުންމީދު ބޮޑުކަމަށް ތުރުކީން ބުނެފިއެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު ހަކަން ފިދާން މިހެން
ވިދާޅުވެފައިމިވަނީ މި ހަފުތާ ބަންދުގައި އެމެރިކާ، ޤަތަރު، މިސްރު އަދި ތުރުކީގެ އޮފިޝަލުން
ހިމެނޭހެން ޣައްޒާ މަސްރަޙާއިމެދު މަޔާމީގައި ބައްދަލުވުމެއް ބާއްވާފައިވާ ދަނޑިވަޅެއްގައެވެ.
އިތުރު ތަފުސީލު ހިއްސާކުރައްވަމުން ފިދާން
ވިދާޅުވެފައިވަނީ ގޮންޖެހުންތަކެއް ހުރިނަމަވެސް ދެވަނަ މަރުޙަލާގެ ފުރަތަމަ އިސްކަމެއްދޭނީ
ފަލަޟްޠީނު ހިއްސާވާނޭހެން ޣައްޒާގެ ކަންކަން ބަލަހައްޓާނެ ނިޒާމެއް ޤާއިމު ކުރުން
ކަމަށެވެ.
އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން
މައިގަނޑު ހަމަލަތައް މެދުކަނޑާލާފައިވާއިރު ސުލްހަ ގާއިމުކުރުމުގެ ފުރަމަތަ
މަރުޙަލާގައި އޮތީ އަސީރުން މިނިވަން ކުރުމާއި ހައްޔަރީން ދޫކުރުމާއި ޒަރޫރީ
އިންސާނީ އެހީ ޣައްޒާއަށް ވަދެވޭނެ މަގު ފުޅާކުރުމެވެ.
ކުރިއަށް ދެވަނަ މަރުޙަލާ އޮތް އިރު އެ މަރުޙަލާގައި
ހަމާސް އިން ޣައްޒާގެ މައްޗަށް އޮތް ބާރާއި އެ ޖަމާޢަތުގެ ދިފާއީ ބާރާއި ހަތިޔާރު
ދޫކޮށްލާނެއެވެ. އަދި އިސްރާއީލު ފައުޖުތައް ޣައްޒާ އެކުގައި ދޫކޮށްލާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް