ޕެންޝަން ފަންޑުން ޓީ ބިލުތަކުގައި އިންވެސްޓުކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން: ޝާހިދު

ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޓްރެޝަރީ ބިލުތަކުގައި އިންވެސްޓުކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއ...

23 Jul 2026 | 09:52
އަބްދުﷲ ޝާހިދު --

އަބްދުﷲ ޝާހިދު --

ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޓްރެޝަރީ ބިލުތަކުގައި އިންވެސްޓުކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ފަޑުވިދާޅުވަމުން ޝާހިދު އެކްސްގައި ވިދާޅުވި ގޮތުގައި އެ ގޮތަށް ޢަމަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން އިންފްލޭޝަން މައްޗަށް ދާނެއެވެ. އަދި ދިވެހި ރުފިޔާގެ އަގު ދަށްވެ ޑޮލަރު ހޯދުން އިތުރަށް ދަތިވެ ބާޒާރުގައި ޑޮލަރުގެ އަގު ވެސް ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެ ކަމަށް ވިދާޅުވި އެވެ.

ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންނާއި އެ އޮފީހުގެ އިސް މުވައްޒަފުން ވަޒީފާ ދޫކޮށް ދަމުންދާ ދަނޑިވަޅެއްގައި 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމަކީ ރައްޔިތުންގެ މުސްތަޤުބަލާއި މުޅި ޤައުމުގެ މާލީ ނިޒާމު ބޮޑު ނުރައްކަލެއްގެ ތެރެއަށް ވައްޓައިލުން ކަމުގައި އޭނާ ސިފަ ކުރެއްވި އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފައިސާ ޗާޕު ނުކުރައްވާނެ ކަމުގެ ވަޢުދު ވެވަޑައިގެންފައިވީ ނަމަވެސް އެ ވަޢުދާ ޚިލާފުވެ ޤައުމުގެ މާލީ ނިޒާމަށް މިފަދަ ބޮޑު ގެއްލުމެއް ލިބޭ ގޮތަށް ޢަމަލުކުރެއްވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

ޕެންޝަން ފަންޑަކީ ދިވެހި މަސައްކަތްތެރިންގެ ރިޓަޔާމަންޓް ފައިސާ ރައްކާތެރިކޮށް ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ ނިޒާމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް