ލޭގައި ހުންނަ ވައިރަސްތައް އަވަހަށް ދެނެގަންނަ ނެޓް ޓެސްޓިންގެ ހިދުމަތް ފަށައިފި

ހަދިޔާކުރާ ލޭގެ ރައްކާތެރިކަން ޔަގީންކުރުމަށް ބޭނުންކުރާ ނިއުކްލިއިކް އެސިޑް ޓެސްޓިންގ (ނެޓް) ގެ ޚިދުމަތް މޯލްޑިވްސް ބްލަޑް ސަރވިސަސްގައި މިއަދު ފަށައިފިއެވެ. މި ހިދުމަތް ފެށިކަން ހާމަ ކުރެއްވީ މާލެ ސ...

23 Jul 2026 | 09:05
ހަދިޔާކުރާ ލޭގެ ރައްކާތެރިކަން ޔަގީންކުރުމަށް ބޭނުންކުރާ ނިއުކްލިއިކް އެސިޑް ޓެސްޓިންގ (ނެޓް)ގެ ހިދުމަތް ވަނީ ފަށާފައި -- ފޮޓޯ: އައިޖީއެމްއެޗް

ހަދިޔާކުރާ ލޭގެ ރައްކާތެރިކަން ޔަގީންކުރުމަށް ބޭނުންކުރާ ނިއުކްލިއިކް އެސިޑް ޓެސްޓިންގ (ނެޓް)ގެ ހިދުމަތް ވަނީ ފަށާފައި -- ފޮޓޯ: އައިޖީއެމްއެޗް

ހަދިޔާކުރާ ލޭގެ ރައްކާތެރިކަން ޔަގީންކުރުމަށް ބޭނުންކުރާ ނިއުކްލިއިކް އެސިޑް ޓެސްޓިންގ (ނެޓް) ގެ ޚިދުމަތް މޯލްޑިވްސް ބްލަޑް ސަރވިސަސްގައި މިއަދު ފަށައިފިއެވެ.

މި ހިދުމަތް ފެށިކަން ހާމަ ކުރެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަބްދުއްރައްޒާގު ހަލީމެވެ.

ރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރެވުނު މި ޓެކްނޮލޮޖީ މެދުވެރިކޮށް ލެއިން ފެތުރިދާނެ ނުރައްކާތެރި ބަލިތައް ކަމުގައިވާ އެޗްއައިވީ އާއި ހެޕަޓައިޓިސް ބީ އަދި ހެޕަޓައިޓިސް ސީ ފަދަ ބަލިތައް އާދައިގެ ޓެސްޓުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް ދެނެގަނެވޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ. މި ޓެސްޓަކީ ލޭ އެޅުމުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ބައިނަލްއަޤުވާމީ ފެންވަރުގައި ބޭނުންކުރާ ޓެސްޓިން ނިޒާމެކެވެ.

މި ހިދުމަތް ރާއްޖެއަށް ގެނައުމަކީ ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާ އެއްގޮތަށް އެޅުނު ފިޔަވަޅެއް ކަމަސް ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ލޭގެ ޚިދުމަތް ޒަމާނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ބައްޓަންކުރުމުގެ މަސައްކަތުގެ ތެރެއިން ހޯދުނު މިއީ ތާރީހީ ކުރިއެރުމެއް ކަމަށެވެ.

މި ޚިދުމަތް ފެށިގެން ދިޔައީ ލޭގެ ޚިދުމަތުގެ ޤައުމީ މިންގަނޑުތަކާއި 2024 އިން 2034 އަށް އެކުލަވައިލެވިފައިވާ މޯލްޑިވްސް ތެލަސީމިއާ މާސްޓާ ޕްލޭންގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތަކާއި އެއްގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް