ސައުދީން ޔަމަނު ރައްޔިތުން ހިސޯރު ކުރާ ކަމަށް ހޫތީން ކުރި ތުހުމަތު ރާއްޖެއިން ކުށްވެރިކޮށްފި

ޔަމަނުގެ ރައްޔިތުން ޙިޞާރުކުރާ ކަމަށް ބުނެ ޙޫޘީ ޖަމާޢަތުން ސަޢޫދީ ޢަރަބިއްޔާއާ ދެކޮޅަށް ކުރި ތުހުމަތުތައް ކުށްވެރިކޮށް ސަޢޫދީގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން ތާއީދުކޮށްފިއެވެ. ފޮ...

23 Jul 2026 | 06:30
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް -- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް -- ފޮޓޯ: ފޮރިން މިނިސްޓްރީ

ޔަމަނުގެ ރައްޔިތުން ޙިޞާރުކުރާ ކަމަށް ބުނެ ޙޫޘީ ޖަމާޢަތުން ސަޢޫދީ ޢަރަބިއްޔާއާ ދެކޮޅަށް ކުރި ތުހުމަތުތައް ކުށްވެރިކޮށް ސަޢޫދީގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން ތާއީދުކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ޔަމަނުގައި ޞުލްޙަ ޤާއިމުކުރުމަށާއި އެ ޤައުމުގެ ރައްޔިތުންގެ ތަކުލީފުތައް ލުއިކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ޒަމާންތަކެއް ވަންދެން ކުރަމުންދާ މަސައްކަތްތައް ރާއްޖެއިން ބަލައިގަންނަ ކަމަށެވެ.

އެ މަސައްކަތް ކުރިއަށް ގެންދަނީ ޔަމަނުގެ ޤާނޫނީ ސަރުކާރާ ގުޅިގެން އދ. ގެ މަސައްކަތްތަކަށް އެއްބާރުލުން ދީގެން ކަމަށް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ތަރައްޤީގެ އެހީތެރިކަމާއި އިންސާނީ އެހީގެ ގޮތުގައި ސަޢޫދީ ޢަރަބިއްޔާއިން ޔަމަނަށް ދެމުންދާ އެހީތެރިކަން ވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސަޢޫދީ ޢަރަބިއްޔާއާ އެކު ރާއްޖެ އެއްބައިވަންތަކަމުގައި ދެމިއޮތް ކަން ހާމަކުރައްވައި ޔަމަނުގައި ޞުލްޙައާއި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާ ކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން އާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް