އައްޑޫ ސިޓީގެ އިޚްތިޞާޞުން ސަވާހެލި ވަކިކޮށް ފަތުރުވެރިކަމަށް ހާއްސަކޮށްފި

ފަތުރުވެރިކަމުގެ ބޭނުމަށްޓަކައި އައްޑުއަތޮޅު ސަވާހެލި އައްޑޫ ސިޓީގެ އިދާރީ އިޚްތިޞާޞުން ވަކިކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ. ރައީސް އޮފީހުން ބުނީ ގޮތަށް ނިންމެވީ ރައީސްގެ...

23 Jul 2026 | 03:21
އައްޑޫ ސިޓީ ހިދަތޫ --

އައްޑޫ ސިޓީ ހިދަތޫ --

ފަތުރުވެރިކަމުގެ ބޭނުމަށްޓަކައި އައްޑުއަތޮޅު ސަވާހެލި އައްޑޫ ސިޓީގެ އިދާރީ އިޚްތިޞާޞުން ވަކިކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ގޮތަށް ނިންމެވީ ރައީސްގެ ގަރާރަކުން ކަމަށެވެ. އެއީ ގަރާރު ނަންބަރު 13/2026 ގެ ދަށުންނެވެ.

ލާމަރުކަޒީ ޤާނޫނު (2010/7) ގެ 1-56 ވަނަ މާއްދާގެ (ހ) އިން ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވެ އެވެ.

އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު މިހާރު ވަނީ ސަރުކާރު ގެޒެޓުގައި ޝާއިއުކޮށްފައި އެވެ.

މިދިޔަ ހަފްތާގައި ރައީސް ވަނީ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ހެންކެނޑަ ތަރައްގީ ކުރުމަށް ކުންފުންޏެއްވެސް އުފައްދަވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް