އެންސްޕާގެ ކޯލް ސެންޓަރު ޚިދުމަތް ޖުލައިގައި އައްޑޫ ސިޓީއަށް ފުޅާވަނީ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ކޯލް ސެންޓަރުގެ ޚިދުމަތް އަންނަ ޖުލައި މަހު އައްޑޫ ސިޓީގައި ފަށާނެ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ. އެންސްޕާއިން މީސް މީޑިއާގައި ހިއްސާކޮށްފައިވ...

23 Jun 2026 | 05:11
N/A

N/A

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ކޯލް ސެންޓަރުގެ ޚިދުމަތް އަންނަ ޖުލައި މަހު އައްޑޫ ސިޓީގައި ފަށާނެ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

އެންސްޕާއިން މީސް މީޑިއާގައި ހިއްސާކޮށްފައިވާ މެސެޖެއްގައި އެ އިދާރާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވީ އައްޑޫ ސިޓީގެ ކޯލް ސެންޓަރުގެ ޚިދުމަތް ފެށުމުން އެންސްޕާގެ ކޯލް ސެންޓަރުގެ ޚިދުމަތް ލިބޭ ވަގުތު އިތުރުވެ ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އެންސްޕާއިން ދެމުންދާ މާލީ އެހީތެރިކަމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތްތަކާ ގުޅޭ މައުލޫމާތު އެ އިދާރާގެ ހޮޓްލައިން ނަންބަރު 1402 އަށް ގުޅައިގެން ސާފުކުރެވޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އެ ހޮޓްލައިން މެދުވެރިކޮށް ބޭސްފަރުވާގެ އެހީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މާލީ އެހީ އާއި ފޯމު ފުރުމުގައި އެހީތެރިކަމުގެ އިތުރުން އެންސްޕާގެ ޚިދުމަތްތަކާ ގުޅުންހުރި މައުލޫމާތު އޮޅުންފިލުވޭނެއެވެ.

އެންސްޕާއިން ބުނީ އެ އިދާރާގެ ޚިދުމަތްތަކަށް މިހާރު ވަންގަވް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެ ކަމަށެވެ. އެގޮތުން ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދޭ މާލީ އެހީ އާއި ކާބޯތަކެތި ގަތުމަށް ދޭ އެހީ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ތެލެސީމިއާ އެލަވަންސާއި ތެރަޕިއުޓިކް ފަރުވާގެ އެހީ އަދި މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމަށް ވަންގަވް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް