އިންޑިއާއަށް ދައްކަން ޖެހޭ 400 މިލިއަން ޑޮލަރު ސަރުކާރުން ދައްކައިފި

ކަރަންސީ ސްވޮޕް އެރޭންޖްމަންޓްގެ ދަށުން ރާއްޖެއަށް ލިބުނު 400 މިލިއަން ޑޮލަރުގެ ފެސިލިޓީ، ދިވެހި ދައުލަތުން މިރޭ އަދާކޮށް ނިންމައިފިއެވެ. މިއީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢި...

23 Apr 2026 | 17:03
N/A

N/A

ކަރަންސީ ސްވޮޕް އެރޭންޖްމަންޓްގެ ދަށުން ރާއްޖެއަށް ލިބުނު 400 މިލިއަން ޑޮލަރުގެ ފެސިލިޓީ، ދިވެހި ދައުލަތުން މިރޭ އަދާކޮށް ނިންމައިފިއެވެ.

މިއީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ހަމަޖެހުނު މާލީ އެހީތެރިކަމެކެވެ.

ޚާރިޖީ ވުޒާރާއިން މިރޭ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މި 400 މިލިއަން ޑޮލަރު މިހާރު ދައްކައި ޚަލާޞްކޮށްފައިވާ ކަމަށެވެ. މީގެއިތުރުން، އިންޑިއާ ސަރުކާރުން އަލަށް ހަމަޖައްސައިދޭން ނިންމާފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީއަށްޓަކައި އެ ވުޒާރާއިން ވަނީ އިންޑިއާއަށް ޝުކުރު އަދާކޮށްފައެވެ.

މީގެއިތުރުން، 2019 ވަނަ އަހަރު އެސްބީއައި މެދުވެރިކޮށް އިންޑިއާއިން ދޫކުރި 150 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިން 50 މިލިއަން ޑޮލަރުވެސް މީގެކުރިން ސަރުކާރުން ވަނީ ދައްކާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް