N/A
އިންޑިއާގެ ރޭމަންޑް ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު ގައުތަމް ސިންގާނިއާ ދަތުރުކުރި ލޯންޗެއް ވ. ފެލިދޫ ކައިރީގައި ބަންޑުން ޖަހައިލި ހާދިސާގައި ދެ މީހަކު ނުފެނި ތިއްބާ ސިންގާނިއާ އިންޑިއާ އަށް ދިއުމުން ސޯޝަލް މީޑިއާގައި ފެތުރެމުންދާ ތުހުމަތުތަކަކީ "ޒިންމާދާރުކަން ކުޑަ" ވާހަކަތަކެއް ކަމަށް ބުނެ، އޭނާގެ ތަރުޖަމާނު އެ ވާހަކަތައް ދޮގުކޮށްފިއެވެ.
ތަރުޖަމާނު ބުނީ ލޯންޗު ބަންޑުން ޖަހައިލީ ސީރިއަސް މެކޭނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ. އަދި ސިންގާނިއާ ފަރުވާ ހޯދަމުން ދާ އިރު، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ގާތުން ބަލައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
މި ހާދިސާ ހިނގީ ތިން ދުވަސް ކުރިންނެވެ. ލޯންޗުގައި ހަތް މީހުން ތިއްބެވެ. އެއީ އިންޑިއާގެ ފަސް މީހަކާއި އިނގިރޭސިވިލާތުގެ މީހަކާއި ރަޝިޔާގެ މީހެކެވެ. ސިންގާނިއާ އަށް ކުދި އަނިޔާތަކެއް ލިބުނު ނަމަވެސް އޭނާ ވަނީ އިންޑިއާ އަށް އެނބުރި ގޮސް ފަރުވާ ހޯދަން ފަށާފައެވެ. ލޯންޗުގައި ދަތުރުކުރި މަނިކް ބިމްސެން ބަރްދުވާޖް ވެސް ވަނީ މުމްބާއީ އަށް އެނބުރި ގޮސްފައެވެ. ބިމްސެންގެ އަތް ބުރިކޮށްލަން ޖެހުނެވެ. ޖަގްދީޝް ސިންގް އައިތާނީ އަދި ހުރީ ރާއްޖޭގައެވެ.
ނުފެނިގެން ހޯދަމުން ދަނީ ސިންގާނިއާގެ ކަނޑުގެ އުޅަނދުގެ ކެޕްޓަން މަހޭޝް ރާމަޗަންދުރަން އާއި ފަސް ފަހަރު ރެލީ ޗެމްޕިއަންކަން ހޯދާފައިވާ ހަރީ ސިންގް އެވެ. މަހޭޝް އަކީ އަރުޖުނާ އެވޯޑު ލިބިފައިވާ ކުރީގެ އިންޑިއަން ނޭވީ އޮފިސަރެކެވެ. ހަރީ ސިންގް އަކީ "ފްލައިން ސިކް" ނުވަތަ "ޖިޕްސީ ކިންގް" ގެ ނަމުން މަޝްހޫރު، އިންޑިއާގެ މޮޓޯސްޕޯޓްގެ ލެޖެންޑެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް