ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އެއާޕޯޓުން ދެމީހަކު ހައްޔަރު

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ޔުތިޝް ރާޖް ރާޖަން އާއި 24 އަ...

23 Mar 2026 | 08:21
ހައްޔަރުކުރި ދެމީހުން - ފޮޓޯ: ޕޮލިސް

ހައްޔަރުކުރި ދެމީހުން - ފޮޓޯ: ޕޮލިސް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ޔުތިޝް ރާޖް ރާޖަން އާއި 24 އަހަރުގެ އީޝްވަރުމުރިތީ ޝަންމުގަމް އެވެ. މި ދެ މީހުން މާރިޗު 20 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުލުހުންނާ ހަވާލުކުރުމުންނެވެ.

ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް