ރައީސް އީސީ އާއި ޖޭއެސްސީގެ މެންބަރުކަމަށް ދެ ބޭފުޅަކު ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އަދި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް އަލްއުސްތާޛު ޙަސަ...

23 Feb 2026 | 10:11
N/A

N/A

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އަދި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް އަލްއުސްތާޛު ޙަސަން ޝަފީޢު މިއަދު ޢައްޔަންކުރައްވައިފިއެވެ.

މި ދެ ބޭފުޅުންވެސް މެންބަރުކަމުގެ ހުވާ ކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ދެ ބޭފުޅުންނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. ހުވާ ކުރެއްވުމަށްފަހު ދެ ބޭފުޅުން ވަނީ ހުވާގެ އިޤްރާރުގައި ސޮއިކުރައްވައި، ޢައްޔަންކުރެއްވިކަމުގެ ލިޔުމާ ޙަވާލުވެވަޑައިގެންފައެވެ.

މ. ވޭވަށް، ކިނާރާ، އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އީސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވީ ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު (8/2008) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. ކ. ދިއްފުށި، ސްވީޓްމީޑް، އަލްއުސްތާޛު ޙަސަން ޝަފީޢު ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވީ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން، ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) އާއި ޖޭއެސްސީގެ ޤާނޫނު (10/2008) ގެ 3 ވަނަ މާއްދާގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް