N/A
މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް،
އެ މީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަދައްކައި މަކަރާއި ހީލަތުން އެކި ފަހަރު
މަތިން 150،000 އަށްވުރެ ގިނަ ރުފިޔާ ހޯދައި، އެ ފައިސާގެ ތެރެއިން ބައެއް
ނަގާފައިވާ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހމ.
ފަރުމާވިލާ / މާލެ، ޙުސައިން ފާރިޝް ޢުމަރު (22އ) އެވެ. މީނާ ހައްޔަރުކޮށްފައި
ވަނީ މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން، އެ މީހާގެ ނަމުގައި
އެކި ފަރާތްތަކާ ވާހަކަދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން
150،000އަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށް 2025 ނޮވެމްބަރު 30 ވަނަ ދުވަހު
އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން
ޑިސެންބަރު 17 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް
ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 7 ދުވަހުގެ މުއްދަތަށް ބަންދުގައި
ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މިމައްސަލައާ ގުޅިގެން ޖުމުލަ ހަތަރު މީހަކު މިހާރު
ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލާގައި ކުރިން ހައްޔަރުކޮށްފައިވަނީ ހމ.ފްލެޓް
ނަންބަރ 06-2-39 / މާލެ، ޙަސަން އަޒުރާޙު (39އ) އާއި ގ. މާލޭހިޔާ 1-16-03 / މާލެ،
އަޙްމަދު ޙައްސާން (33އ) އާއި ނ. މަނަދޫ / ވެށި، ޙުސައިން ސަމާޙު (33އ) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް