އަބްދުއްރަހްމާންގެ މަރު: ދެމީހަކު ޝަރީއަތް ނިމެންދެން، އެކަކު ފަސް ދުވަހަށް ބަންދު

އއ. މާޅޮހުގައި މަރާލާފައިވާ އަބްދުއްރަހްމާން އާދަމްގެ މަރުގެ މައްސަލައިގާ ހައްޔަރުކުރި ތިން މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ރަށު ލިލީފެހި، އުމ...

22 Aug 2025 | 06:38
އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގާ ހައްޔަރުކޮށްފައިވާ ތިން މީހުން -

އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގާ ހައްޔަރުކޮށްފައިވާ ތިން މީހުން -

އއ. މާޅޮހުގައި މަރާލާފައިވާ އަބްދުއްރަހްމާން އާދަމްގެ މަރުގެ މައްސަލައިގާ ހައްޔަރުކުރި ތިން މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ރަށު ލިލީފެހި، އުމުރުން 22 އަހަރުގެ މުހައްމަދު ވިސާމާއި އެ ރަށު ފިނިވާގޭ، އުމުރުން 27 އަހަރުގެ އަހްމަދު ފާރިސްގެ އިތުރުން އެ ރަށު ފިޔަ، އުމުރުން 27 އަހަރުގެ އަހްމަދު އާޝިދެވެ.

"އެމީހުންގެ ބަންދާއިމެދު ގޮތެއް ނިންނުމަށް ކޯޓަށް ހާޒިރު ކުރުމުން ވިޝާމް އަދި ފާރިސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަދި އާޝިދު ފަސް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި" ފުލުހުން ބުނެފައިވެއެވެ.

އއ. މާޅޮސް، އޯކިޑްމާގޭ އަބްދުއްރަހްމާން އާދަމަށް ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ރޭ ހަމަލާދީ މަރާލި މައްސަލައިގާ ތިން މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރީ އިއްޔެގެ ވަގުތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް