ތިލަފުށީ އަލިފާނާ ގުޅިގެން ވެމްކޯގެ ޓްރާންސްފާ ސްޓޭޝަންތަކުން ކުނި ބަލައިގަތުން މަދުކޮށްފި

ތިލަފުށީގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުނި މެނޭޖުކުރާ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މާލެ ސަރަހައްދުގެ ޓްރާންސްފާ ސްޓޭޝަންތަކުން ކުނި ބަލައިގަންނަ މިންވަރު މަ...

22 Jul 2026 | 16:43
N/A

N/A

ތިލަފުށީގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުނި މެނޭޖުކުރާ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މާލެ ސަރަހައްދުގެ ޓްރާންސްފާ ސްޓޭޝަންތަކުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން މަޖުބޫރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ހާދިސާގެ ސަބަބުން ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަންތަކަށް ވަނީ ބުރޫ އަރައިފައެވެ. މި ދަތިތަކާ ގުޅިގެން ވެމްކޯއިން ވަނީ އާންމުންގެ ކިބައިން މާފަށް އެދިފައެވެ.

ތިލަފުށީ ސައިޓުގެ މަސައްކަތްތައް ކުރީގެ ހާލަތަށް ރުޖޫއަކޮށް ރައްޔިތުންނަށް ވީހާ ވެސް ކުޑަ އުނދަގުލަކާ އެކު ހިދުމަތް ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުމުގެ މަސައްކަތް ވެމްކޯއިން މިހާރު ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް