ހިންމަފުށީގައި ހިންގި މާރާމާރީއެއްގައި ބައިވެރިވި މިސްރު ދެ މީހަކު ޑީޕޯޓު ކުރަނީ

ކ. ހިންމަފުށީގައި ހިންގި މާރާމާރީ އަކާއި ގުޅިގެން ދެ ބިދޭސީ އަކު ޑީޕޯޓު ކުރުގެ މަސައްކަތް ފަށައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީގެ ރިޕޯޓު ކުރީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 7:25 ...

22 Jul 2026 | 16:16
ކ. ހިންމަފުށި --

ކ. ހިންމަފުށި --

ކ. ހިންމަފުށީގައި ހިންގި މާރާމާރީ އަކާއި ގުޅިގެން ދެ ބިދޭސީ އަކު ޑީޕޯޓު ކުރުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީގެ ރިޕޯޓު ކުރީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 7:25 ހާއިރު ކަމަށެވެ. މި މައްސަލައިގަ ހައްޔަރު ކުރީ މިސްރު ދެ ފިރިހެނުންނެވެ.

ފުލުހުން ވަނީ އެމީހުން ޑީޕޯޓު ކުރުމަށް އިމިގްރޭޝަނަށް ހުށަހަޅާފައި އެވެ. އެގޮތަށް ހުށަހެޅީ ތަޙުޤީޤުން ފެންނަ ހޯދުންތަކަށް ރިޢާޔަތްކޮށް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލައިގަ އެ ދެމީހުންގެ ބަންދަށް ކޯޓުން ވަނީ ދެ ދުވަސް ޖަހާފައި އެވެ.

ހައްޔަރުކޮށްފައިވާ ދެ މީހުންގެ ތެރެއިން އެކަކީ ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި ވަޒީފާ އަދާކުރާ ޑޮކްޓަރެކެވެ. ދެވަނަ މީހާއަކީ އެ ރަށުގެ ގެސްޓްހައުސެއްގައި މަސައްކަތްކުރާ ފަރާތެއް ކަމަށްވެ އެވެ.

މި މާރާމާރީގައި ދިވެއްސަކުވެސް ހިމެނޭ ކަމަށް ސޯޝަލް މީޑިއާގައި މައުލޫމާތު ފެތުރިފައިވެ އެވެ. ނަމަވެސް ފުލުހުން މިކަމާއި ގުޅޭގޮތުން އެއްޗެއް ބުނެފައެއް ނުވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް