ސިޔާސީ ތިން ޕާޓީއެއް ބައިލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން ތިން ޕާޓީއެއް އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާ ކޮށްފި އެވެ. އީސީން ބުނީ ޖޫރިމަނާ ކުރީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ، އަދާލަތު ޕާޓީ އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް...

22 Jul 2026 | 09:30
އެމްޑީޕީން ބޭއްވި ޖަލްސާއެއް -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީން ބޭއްވި ޖަލްސާއެއް -- ފޮޓޯ: އެމްޑީޕީ

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން ތިން ޕާޓީއެއް އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާ ކޮށްފި އެވެ.

އީސީން ބުނީ ޖޫރިމަނާ ކުރީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ، އަދާލަތު ޕާޓީ އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ކަމަށެވެ އެ ތިން ޕާޓީ ޖޫރި މަނާ ކުރީ މިމަހުގެ ފުރަތަމަ ހަފްތާގައި އެވެ.

އީސީން ބުނީ މީގެ ތެރެއިން އެމްޑީޕީ ޖޫރިމަނާ ކުރީ ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ސިޔާސީ ޕާޓީތަކުން ހުށަހަޅަން ޖެހޭ މާލީ ބަޔާން ހުށަހެޅުމުން ކަމަށެވެ. އަދި އަނެއް ދެ ޕާޓީ ޖޫރިމަނާ ކުރީ މާލީ ބަޔާން ހުށަނޭޅުމުން ކަމަށެވެ.

ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ކޮންމެ އަހަރެއް ނިމުމުން ޖެހިގެން އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކުރީ އަހަރުގެ އަހަރީ ރިޕޯޓާ އެކު މާލީ ބަޔާން ހުށަހެޅުމަކީ ޕާޓީތަކަށް ލާޒިމު ކަމެކެވެ.

މި އުސޫލާ ޚިލާފުވެގެން މީގެ ކުރިން ވެސް އީސީން ޕާޓީތައް ޖޫރިމަނާ ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް