N/A
ދައުލަތުގެ ޢާންމު މަންފާ އަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތުގެ ދަށުން ހިންގާނެ މުހިންމު މަޝްރޫޢުތައް ކަނޑައަޅުއްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤަރާރެއް ނެރުއްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މި ޤަރާރަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢުތަކާއި އެ މަޝްރޫޢުތަކަށް އެންމެ މަދުވެގެން ކުރަން ޖެހޭ އިންވެސްޓްމަންޓުގެ ޢަދަދުތައް ކޮންމެ އަހަރަކު ގެޒެޓުގައި ޝާއިޢުކުރަން ޖެހޭތީ ނެރުއްވި ޤަރާރެއް ކަމަށެވެ.
ޤަރާރުގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތައް، ދާޚިލީ ސަލާމަތާއި ދިފާޢީ ރައްކާތެރިކަން، ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީ، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރު، އަދި މޫސުމީ ބަދަލުތަކާއި ތިމާވެށި ހިމެނެއެވެ. މީގެ ތެރޭގައި ބިން ހިއްކުމާއި، ޖަލު ތަރައްޤީކުރުމާއި، އެއާޕޯޓު ތަރައްޤީކުރުމާއި، ސޯޝަލް ހައުސިންގ އާއި، ކޯޒްވޭ އާއި، ކުނި މެނޭޖްކުރުން ފަދަ މަޝްރޫޢުތައް ހިމެނެއެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، މިދިޔަ އަހަރުގެ ޤަރާރާ ޚިލާފަށް މި ފަހަރު މަޝްރޫޢުތައް ތަފްޞީލީ ގޮތެއްގައި ހިމެނުމުގެ ބަދަލުގައި ދާއިރާތައް ފުޅާކޮށް ހާމަކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް