ދިވެހީންނަށް ވިސާއާ ނުލައި ގާނާއަށް ދަތުރުކުރެވޭނެ މަގު ފަހިވަނީ

ދިވެހިރާއްޖެ ހިމެނޭ ގޮތަށް ތިން ޤައުމަކާ އެކު ވިސާ ވެއިވާ އެގްރީމެންޓެއް ގާނާގެ ކެބިނެޓުން ފާސްކޮށްފިއެވެ. ގާނާގެ ޚާރިޖީ ވަޒީރު ސެމިއުލް އޮކުޒެޓޯ އެބްލެކުވާ މިއަދު ހާމަކުރި ގޮތުގައި، ރާއްޖެއާއި ޒެމްބި...

22 Apr 2026 | 11:57
މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

ދިވެހިރާއްޖެ ހިމެނޭ ގޮތަށް ތިން ޤައުމަކާ އެކު ވިސާ ވެއިވާ އެގްރީމެންޓެއް ގާނާގެ ކެބިނެޓުން ފާސްކޮށްފިއެވެ.

ގާނާގެ ޚާރިޖީ ވަޒީރު ސެމިއުލް އޮކުޒެޓޯ އެބްލެކުވާ މިއަދު ހާމަކުރި ގޮތުގައި، ރާއްޖެއާއި ޒެމްބިއާއާއި އެންޓީގާ އެންޑް ބާބިޔުޑާއާ އެކު ރެސިޕްރޮކަލް ވިސާ ވެއިވާ އެއްބަސްވުމަކަށް ކެބިނެޓުން ރުހުން ދީފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން އާދައިގެ ޕާސްޕޯޓާއި ސާވިސް ޕާސްޕޯޓާއި ޑިޕްލޮމެޓިކް ޕާސްޕޯޓް ހޯލްޑަރުންނަށް ވެސް ވިސާއާ ނުލައި 30 ދުވަހުގެ ދަތުރުތައް ކުރެވޭނެއެވެ.

މި އެއްބަސްވުން ތަންފީޒުވާނީ ގާނާގެ ޕާލަމެންޓުން ރެޓިފައި ކުރުމުންނެވެ. ވަޒީރު ބުނި ގޮތުގައި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ޕާލަމެންޓުން ރެޓިފައި ކުރާނެ ކަމަށް ބެލެވެއެވެ.

މިއީ ދެކޮޅަށް ހިނގާ އެއްބަސްވުމެއް ނަމަވެސް، ދިވެހިރާއްޖެއިން މިހާރު ވެސް ހުރިހާ ޤައުމެއްގެ ރައްޔިތުންނަށް 30 ދުވަހުގެ އެރައިވަލް ވިސާ ދެއެވެ. އެހެންކަމުން ގާނާ ރައްޔިތުންނަށް ރާއްޖެ އައުމުގައި މިހާރު ވެސް ވިސާގެ ހުރަހެއް ނެތެވެ. މި އެއްބަސްވުމުގެ އެންމެ ބޮޑު ފައިދާއަކީ ދިވެހީންނަށް ގާނާއަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ ގޮތް ފަހިވުމެވެ.

އެބްލެކުވާ ބުނީ މިއީ ގާނާގެ ޕާސްޕޯޓުގެ ބައިނަލްއަޤުވާމީ ފެންވަރު މަތިކުރުމުގެ ފުޅާ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށާއި، ސެކިއުރިޓީ މިންގަނޑުތައް ވެސް ހަރުދަނާ ކުރަމުންދާ ކަމަށެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ފަތުރުވެރިކަމާއި ވިޔަފާރީގެ ދަތުރުފަތުރާއި ސަގާފީ ގުޅުންތައް ބަދަހިވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް