N/A
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން އދ. މާމިގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެ ނައްތާލައިފައި ވަނީ 1049 ފުޅި ބަނގުރަލާއި 437 ދަޅު ބަނގުރަލުގެ އިތުރުން ބަނގުރާ އަޅާފައިހުރި ހަމެކެވެ. މި ތަކެއްޗަކީ 2025 ވަނަ އަހަރުގެ އެޕްރީލް 14 އިން ފެށިގެން މި އަހަރުގެ އެޕްރީލް 19 ގެ ނިޔަލަށް މާމިގިލީ ވިލާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، އެހެނިހެން މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށް ފުލުހުން ބުނެއެވެ.
ބަނގުރާ ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ބަނގުރަލާ ގުޅޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކުލަވައިލި ޚާއްޞަ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް