N/A
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑު މެންބަރުކަމާއި ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަލްފާޟިލް ޙުސެއިން ޝަފީޤް މިއަދުން ފެށިގެން އައްޔަނުކޮށްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑުން ބުނެފިއެވެ.
ޙުސެއިން ޝަފީޤް (ދަފްތަރު ނަންބަރު ރސ 2861) އައްޔަނުކުރީ އެމްޕީއެލްގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށެވެ.
މި މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޑީސީޕީ (ރިޓަޔަޑް) މުޙައްމަދު ރިޝްވާން މި ހިނގާ އެޕްރީލް މަހުގެ ހަ ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރިޝްވާން އެ މަގާމަށް އައްޔަނުކުރީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް