N/A
މިހާރު އެމްޑީޕީގެ އިސް ސަފުގައި ތިބީ އެ ޕާޓީގެ އަސްލު މީހުން ނޫން ކަމަށް މާލޭ ސިޓީގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު، މިއަދު ވިދާޅުވެއްޖެއެވެ.
ސަރަނގު އާދަމް މަނިކު ވިދާޅުވީ މިހާރު އެމްޑީޕީގައި އިސްކޮށް ތިއްބެވީ "ދަލު ބޭރުން ޖެހިގެން އައިސް އުޅޭ ބައެއް" ކަމަށާއި، ޑީއާރްޕީއަށް ނިސްބަތް ނުވާ މީހެއް އިސް ސަފުން ދެއްކެން ނެތް ކަމަށެވެ. ޢަބްދުﷲ ޝާހިދާއި ފައްޔާޒަކީ އެމްޑީޕީ މީހުންތޯ ވެސް ސުވާލު އުފެއްދެވިއެވެ.
ވިދާޅުވީ އެމްޑީޕީ އެމްޑީޕީއަކަށް ހަދައި، ފުރަތަމަ ދައުރުގައި ވެރިކަން ކޮށް ހުރިހާ ކަމެއް ކުރީ އެ ބޭފުޅުން ކަމަށާއި، ނަމަވެސް މިހާރު އެ ބޭފުޅުންގެ ބަސް ކަމު ނުދާ ކަމަށެވެ.
"އަޅުގަނޑުމެންނާ ދިމާލަށް މުގުރުބުރި ހިފައިގެން ދުވި މީހުން މިހާރު އެ ތިބީ" އެމްޑީޕީގެ އިސް ސަފުގައި ކަމަށް ވިދާޅުވިއެވެ.
ސަރަނގު އާދަމް މަނިކު ވިދާޅުވީ އެމްޑީޕީގައި އެމަނިކުފާނުގެ ބާނީއަކީ ރައީސް ނަޝީދު ކަމަށާއި، ރައީސް ނަޝީދު ވެސް ޕާޓީން މިހާރު ބޭރުކޮށްލާފައި ވާ ކަމަށެވެ. އެމްޑީޕީ އެމްޑީޕީއަކަށް ހެދުނު ދުވަހަކުން އިސް ސަފުން ފެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް