ގިނަ އަދަދެއްގެ ކެނަބިސް ފަތާއި ހަޝިޝް އޮއިލް އަތުލައިގެންފި - މަގުމަތީ އަގު 10 މިލިޔަނާ ގާތް ކުރޭ

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ ޝިޕްމަންޓެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ. މި މަހުގެ 20 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓ...

22 Mar 2026 | 10:56
N/A

N/A

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ ޝިޕްމަންޓެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.

މި މަހުގެ 20 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެން މި ޝިޕްމަންޓުގައި ހިމެނެނީ ކެނަބިސް ފަތާއި ހަޝިޝް އޮއިލް ކަމަށް ކަސްޓަމްސް އިން ބުނެއެވެ. މި ތަކެތީގެ މަގުމަތީ އަގު 9.6 މިލިއަން ރުފިޔާއަށްވުރެ އިތުރު ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ 5،370 ގްރާމް (ފަސް ކިލޯއަށްވުރެ ގިނަ) ކެނަބިސް ފަތާއި 6،590 ގްރާމް (ހަ ކިލޯއަށްވުރެ ގިނަ) ހަޝިޝް އޮއިލެވެ. ކެނަބިސް ފަތުގެ މަގުމަތީ އަގު 4،296،000 ރުފިޔާއަށް އަރާއިރު، ހަޝިޝް އޮއިލްގެ މަގުމަތީ އަގު 5،272،000 ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް