N/A
ކާފު އަތޮޅުގެ ރިސޯޓެއްގެ ސުވިމިން ޕޫލަށް ވެއްޓި ގެނބުނު ދެ އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ނިޔާވީ އުމުރުން ދެ އަހަރުގެ އަބްދުﷲ ޒިޔާން ޒިދާނެވެ. ޒިޔާންގެ ޖަނާޒާ މިއަދު ހެނދުނު ވަނީ ބާއްވައިފައެވެ.
ފުލުހުން ބުނީ ކުއްޖާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށެވެ. މި ހާދިސާ ހިނގީ އެ ރިސޯޓުގެ ޕޫލަށް އެ ކުއްޖާ ވެއްޓި ގެނބިގެން ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރު 12:54 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް