މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ސިންގަލް ޔޫސް
ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރި ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް
ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އަންގައިފިއެވެ.
އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ،
ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅިތަކުގައި
ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގައި ބޭނުންކުރަމުންދާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ
ކަމަށެވެ. އެ ފުޅިތަކަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ގޮތަށް ޕޮލިއެތިލީން ޓެރަތަޔަލޭޓް
(ޕީއީޓީ) އިން ތައްޔާރުކޮށްފައިވާ ފުޅިތަކެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އެ ފުޅިތަކަކީ ހަމައެކަނި ވަކި ބާވަތެއްގެ
އުފެއްދުންތަކަށް ބޭނުންކުރެވޭ ޕްލާސްޓިކުން ހަދާފައިވާ ފުޅިތަކެއް ނަމަވެސް، ބާޒާރުގައި
ތަފާތު ބާވަތްތަކުގެ ބުއިންތައް އެ ފުޅީގައި ބަންދުކުރާކަން ވެސް ފާހަގަވެފައިވާ ކަމަށް
އެމްއެފްޑީއޭއިން ބުނެއެވެ. މީގެ ސަބަބުން ފުޅިން ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށް
ކުރުވައި، އިންސާނުންގެ ޞިއްޙަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތު އޮތް ކަމަށް އެ
އޮތޯރިޓީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް