އެމްބިއުލާންސަށް ހުރަސް އެޅި ޕިކަޕް ޑްރައިވަރު ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި

މިއަދު ހެނދުނު ފާށަނާ ކިލެގެ މަގުން އެމްބިއުލާންސަށް ތަން ނުދައްކައި މަގު ބްލޮކް ކުރި ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި ޖޫރިމަނާކޮށްފިއެވެ. މިކަން ހިނގާފައިވަނީ މިއަދު ހެނުދުނު 10:30 ހާއިރު ފާށަނާ ...

22 Feb 2026 | 13:22
N/A

N/A

މިއަދު ހެނދުނު ފާށަނާ ކިލެގެ މަގުން އެމްބިއުލާންސަށް

ތަން ނުދައްކައި މަގު ބްލޮކް ކުރި ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި ޖޫރިމަނާކޮށްފިއެވެ.

މިކަން ހިނގާފައިވަނީ މިއަދު ހެނުދުނު 10:30 ހާއިރު

ފާށަނާ ކިލެގެ މަގުގައެވެ.

ދުވަހަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ އޭނާ

ފުލުސް އޮފީހަށް ހާޒިރުކޮށް އެ މައްސަލައިގާ 750 ރުފިޔާއިން އޭނާ ޖޫރިމަނާކޮށް

ލައިސަންސް ހިފަހައްޓާފައިވާކަމަށެވެ.

މި މަންޒަރު މި ނޫހުގެ ނޫސްވެރިޔާ އަޒްމީ އަލީ ވީޑިއޯކޮށް

ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާއިރު، އެ ވީޑިއޯއިން ފެންނަނީ އެމްބިއުލާންސް

އޭގެ ސައިރަން އަޅަމުންދިޔައިރު މުދާ ބާލަމުން ދިޔަ މަންޒަރާއި އަދި މުދާ ބާލާ

ހުސްކޮށް ފައިސާ ނެގުމަށްފަހު ދަމުންވެސް އެ ޢަމަލު ދިފާޢު ކުރުމުގެ ގޮތުން "އެހެން

ނުދެވޭނެ، މީ މުދާ" މިފަދަ ބަސްތަކެއް ބުނާ މަންޒަރުވެސް އިވެއެވެ.

މަންޒަރުތައް ވީޑިއޯކުރި މި ނޫހުގެ ނޫސްވެރިޔާ

އަޒްމީ ބުނީ އެ މަގާއި ހަމައަށް ދިޔައިރުވެސް އެމްބިއުލާންސްގެ ސައިރަންގެ އަޑު

އިވެމުން ދިޔަ ކަމަށާއި ކުޑަ ވަގުތުކޮޅަކަށް އެމްބިއުލާންސްގެ ސައިރަން

މަޑުކޮށްލާފައި ޓޯން ބަދަލުކޮށް ބާރަށް ސައިރަން އެޅުމުންވެސް ޕިކަޕް ޑްރައިވަރު

އިހުތިޔާރު ކުރީ މުދާ ބާލާ، އޭނާ ކުރާން ހުރި ކަމެއް ކޮށްފައި މަގު ދޫކޮށް

ދިއުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް