އެމްބިއުލާންސަށް ހުރަސް އަޅައި ގަސްތުގައި މަގު ބްލޮކް ކުރި ޕިކަޕެއްގެ މައްސަލަ

މިއަދު މާލޭގައި އެމްބިއުލާންސަށް ހުރަސް އަޅައި ގަސްތުގައި މަގު ބްލޮކް ކުރި ޕިކަޕް ޑްރައިވަރެއްގެ މައްސަލަ ޓްރާންސްޕޯޓް މިނިސްޓްރީން ބަލަން ފަށައިފިއެވެ. މިކަން ހިނގާފައިވަނީ މިއަދު ހެނުދުނު 10:30 ހާއި...

22 Feb 2026 | 07:32
N/A

N/A

މިއަދު މާލޭގައި އެމްބިއުލާންސަށް ހުރަސް އަޅައި

ގަސްތުގައި މަގު ބްލޮކް ކުރި ޕިކަޕް ޑްރައިވަރެއްގެ މައްސަލަ ޓްރާންސްޕޯޓް

މިނިސްޓްރީން ބަލަން ފަށައިފިއެވެ.

މިކަން ހިނގާފައިވަނީ މިއަދު ހެނުދުނު 10:30 ހާއިރު

ފާށަނާ ކިލެގެ މަގުގައެވެ.

މި މަންޒަރު މި ނޫހުގެ ނޫސްވެރިޔާ އަޒްމީ އަލީ ވީޑިއޯކޮށް

ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާއިރު، އެ ވީޑިއޯއިން ފެންނަނީ އެމްބިއުލާންސް

އޭގެ ސައިރަން އަޅަމުންދިޔައިރު މުދާ ބާލަމުން ދިޔަ މަންޒަރާއި އަދި މުދާ ބާލާ

ހުސްކޮށް ފައިސާ ނެގުމަށްފަހު ދަމުންވެސް އެ ޢަމަލު ދިފާޢު ކުރުމުގެ ގޮތުން "އެހެން

ނުދެވޭނެ، މީ މުދާ" މިފަދަ ބަސްތަކެއް ބުނާ މަންޒަރުވެސް އިވެއެވެ.

އެ ވީޑިއޯ ޓްރާންސްޕޯޓް މިނިސްޓްރީގެ މީޑިއާ

ގްރޫޕްގައި ނޫސްވެރިޔަކު ހިއްސާކޮށް ފިޔަވަޅެއް އަޅަން ވިސްނާތޯ ނޫސްވެރިޔަކު ސުވާލު

ކުރުމުން އެ މިނިސްޓްރީން ބުނެފައިވަނީ މައްސަލަ މިނިސްޓްރީން ބަލަމުން އަންނަ ކަމަށާއި

ކަން ހިނގާފައިވާގޮތް ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

މަންޒަރުތައް ވީޑިއޯކުރި މި ނޫހުގެ ނޫސްވެރިޔާ

އަޒްމީ ބުނީ އެ މަގާއި ހަމައަށް ދިޔައިރުވެސް އެމްބިއުލާންސްގެ ސައިރަންގެ އަޑު

އިވެމުން ދިޔަ ކަމަށާއި ކުޑަ ވަގުތުކޮޅަކަށް އެމްބިއުލާންސްގެ ސައިރަން

މަޑުކޮށްލާފައި ޓޯން ބަދަލުކޮށް ބާރަށް ސައިރަން އެޅުމުންވެސް ޕިކަޕް ޑްރައިވަރު

އިހުތިޔާރު ކުރީ މުދާ ބާލާ، އޭނާ ކުރާން ހުރި ކަމެއް ކޮށްފައި މަގު ދޫކޮށް

ދިއުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް