ދިވެހި މާއްދާއިން ޑިގްރީ ހާސިލްކުރި ފުރަަތަމަ ބެޗުގައި ދަސްވެނިވި އައިންތު މިސް ނިޔާވެއްޖެ

ދިވެހި މާއްދާއިން ޑިގްރީ ހާސިލްކުރި ފުރަތަމަ ބެޗުގައި ދަސްވެނިވެފައިވާ، އަދި ތައުލީމީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވާފައިވާ ދިވެހި ޓީޗަރު އާމިނަތު ހަސަން (އައިންތު މިސް) ނިޔާވ...

22 Jan 2026 | 06:32
ތައުލީމީ ދާއިރާއަށް 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އާމިނަތު ހަސަން (އައިންތު މިސް) ނިޔާވެއްޖެ/ ފޮޓޯ: ފޭސްބުކް، މުޙައްމަދު އާދަމް ސަލީމް

ތައުލީމީ ދާއިރާއަށް 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އާމިނަތު ހަސަން (އައިންތު މިސް) ނިޔާވެއްޖެ/ ފޮޓޯ: ފޭސްބުކް، މުޙައްމަދު އާދަމް ސަލީމް

ދިވެހި މާއްދާއިން ޑިގްރީ ހާސިލްކުރި ފުރަތަމަ ބެޗުގައި ދަސްވެނިވެފައިވާ، އަދި ތައުލީމީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވާފައިވާ ދިވެހި ޓީޗަރު އާމިނަތު ހަސަން (އައިންތު މިސް) ނިޔާވެއްޖެއެވެ.

އުމުރުން 55 އަހަރުގެ އައިންތު މިސް ވަނީ ތައުލީމީ ދާއިރާއަށް 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ. އަދި ހަޔާތުގެ ބޮޑު ބައެއް ހޭދަކޮށްފައި ވަނީ ދިވެހިބަހަށް ޚިދުމަތް ކުރުމުގައެވެ.

އައިންތު މިސް ނިޔާވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާ ހޯދަމުންދަނިކޮށެވެ. އެނގިފައި ވާގޮތުގައި އޭނާ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަތާ އަހަރެއްހާ ދުވަސް ވަނީ ވެފައެވެ.

ދިރިއުޅުމުގެ ބޮޑު ބައެއް ދިވެހި މާއްދާ އުނގަންނައިދިނުމުގައި ހޭދަކުރެއްްވި އައިންތުމިސް އެންމެ ގިނަ ދުވަހު މަސައްކަތް ކޮށްފައި ވަނީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ސްކޫލު ކަމަށްވާ އަމީނިއްޔާ ސްކޫލުގައެވެ.

އޭނާ ވަނީ އަކީ ރާއްޖޭގައި ޓީޗާސް އެސޯސިއޭޝަނެއް އުފެއްދުމުގައި ވަރަށް އިސް ދައުރެއް އަދާކުރައްވާފައެވެ. ޓީޗަރުންގެ މުސާރައާއި މަސައްކަތުގެ މާހައުލު ރަނގަޅުކުރަން 2008 ވަނަ އަހަރު ޓީޗަރުން ރާވައި ހިންގި ހަޅުތާލުގައި އޭނާ ވަނީ އިސްކޮށް ހަރަކާތްތެރިވެފައެވެ.

މީގެ އިތުރުން 2014 ވަނަ އަހަރު މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަން ކުރައްވާފައެވެ. އަދި 2018 ވަނަ އަހަރު އޭނާ ވަނީ އެސެޓް ރިކަވަރީ ކޮމިޝަނުގެ މެމްބަރުކަންވެސް ކުރައްވާފައެވެ.

އައިންތު މިސްގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދުގެ އަސުރު ނަމާދަށްފަހު މަސްޖިދު ޒައިދު ބިން ޘާބިތު (ހމ. ސަހަރާ މިސްކިތް)ހުޅުމާލޭ ސަހަރާ މިސްކިތުގައި ކުރުުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް