N/A
މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކަނޑުމަތީން
ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް މަޢުލޫމާތުދެމުން ދިވެހި ފުލުހުން
ދެންމެ ބުނެފައިވަނީ މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވަނީ ކ. އަތޮޅު
ކަނޑޫމާތިލަ ކައިރިން ކަމަށާއި އެ ހަށިގަނޑު ފެނިފައިވަނީ ހެނދުނު 10:17 ހާއިރު
ކަމަށެވެ.
"މިކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން
ފުލުހުން ދަނީ ހަރަކާތްތެރިވަމުން، މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއް"
ފުލުހުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މިކަމާއި ގުޅިގެން
ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި އަދި މިކަމުގެ މަޢުލޫމާތު ލިބޭ މިންވަރަކުން
ހިއްސާކުރަމުންދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް