ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު -- ފޮޓޯ: ޕޮލިސް
ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ އަޒީޒާ މިސްކިތަށް ގެއްލުން ދިން މީހާ އަދިވެސް ދެނެގަނުވުނު ކަން ނުވަތަ ނޫންކަން ފުލުހުން ހާމައެއް ނުކުރެއެވެ.
އެ މިސްކިތަށް ގެއްލުން ދިނީ އިއްޔެ ރޭ މެންދަމު 3:30 ހާއިރު އެވެ. މި ހާދިސާއަށް މިހާރު 24 ގަޑިއިރަށްވުރެ ގިނަ އިރު ވީއެވެ.
މިސްކިތަށް ދީފައިވާ ބޮޑެތި ގެއްލުންތަކުގެ ތެރޭގައި ބަރު އެއްޗެއް އެއްލައި ބައެއް ދޮރުތަކުގެ ބިއްލޫރިތައް ތަޅާލުން ހިމެނެ އެވެ. އަދި މިސްކިތުގައި ރީތިކޮށް ތަރުތީބުކޮށް ބަހައްޓާފައި ހުރި މުސްހަފުތައް ނަގައި ބިންމައްޗަށް އުކާފައި ހުއްޓެވެ.

އެ މައްސަލައިގަ އަދިވެސް މީހަކު ހައްޔަރު ކޮށްފައިވާކަން ނުވަތަ ނޫންކަންވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
މިސްކިތުގައި ހުންނަ ތަކެތި ވަގަށް ގެންދިއުމަކީވެސް ދޭތެރެއަކުން ހިނގަމުން އަންނަ ކަމެއްކަން ފާހަގަކޮށްލެވެއެވެ.
އެޑިޓަރުގެ ނޯޓް
ކުރިން މި ޚަބަރުގައި މި މައްސަލައިގާ އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށާއި ހަމަލާ ދިން މީހާވެސް ދެނެގެނިފައިނުވާކަމަށް ފުލުހުން ބުނެފައިވާކަމަށް ބުނެ ރިޕޯޓްކޮށްފައިވަނީ މަޢުލޫމާތު ކަށަވަރު ކުރުމުގައި އެރު އެޑިޓޯރިއަލް ފުށޫ އެރުމަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް