މަސް ހިފަން މޫދަށް އެރުނު ޒުވާނަކު ނިޔާވެއްޖެ

ލ. ހިތަދޫގައި މަސްހިފަން މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ނިޔާވެފައި ވަނީ ލ. ހިތަދޫ، އަމާން، އަޙްމަދު ހަމްޒާން (21އ) އެވެ. އެ މީހާ ގެނބިގެން އުޅޭ ކަމުގެ މ...

21 Apr 2026 | 14:37
N/A

N/A

ލ. ހިތަދޫގައި މަސްހިފަން މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ނިޔާވެފައި ވަނީ ލ. ހިތަދޫ، އަމާން، އަޙްމަދު ހަމްޒާން (21އ) އެވެ. އެ މީހާ ގެނބިގެން އުޅޭ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 15:42 އެހައިކަންހާއިރުއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ހަމްޒާން މޫދަށް ފޭބީ 18 އަހަރު ނުފުރޭ ކުޑަކުއްޖަކާ އެކުގައެވެ. ހަމްޒާން މަހަކަށް ބަޑި ޖެހުމަށް ފަހު، ބަޑީގެ ރޮދި އަތުގައި އޮޅި، މައްޗަށް ނާރައި ގިނައިރު ވީ ކަމަށް އެ އަތޮޅުގެ ނޫހެއްގައި ރިޕޯޓްކޮށްފައިވެއެވެ. އެކީގައި ދިޔަ ކުއްޖާ ރަށު މީހުންނަށް އެންގައިގެން އެ ސަރަޙައްދަށް ދިޔައިރު ހަމްޒާން އޮތީ މަރުވެފައެވެ. ރޮއްޖަށް ދަމައިގެން ނުނެގިގެން ވަޅިއަކުން ރޮދި ބުރިކޮށްލައިގެން އެ މީހާ މޫދުން ނެގީ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ފުލުހުން އެޓެންޑުވެ ހަމްޒާން ވަނީ އެ ރަށު ޞިއްޙީ މަރުކަޒަށް ގެންގޮސްފައެވެ. ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް