މާލޭގައި ކުދިން ބައިތިއްބާ ތަނެއްގައި 18 އަހަރުގެ އަންހެނަކު ނިޔާވި މައްސަލަ މިދަނީ ބަލަމުން: ފުލުހުން

މާލޭގައި ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި އަންހެނަކު ނިޔާވި މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ ކަމަށާއި...

21 Apr 2026 | 14:17
N/A

N/A

މާލޭގައި ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި އަންހެނަކު ނިޔާވި މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ ކަމަށާއި، ނިޔާވެފައިވަނީ 18 އަހަރުގެ އަންހެނެއް ކަމަށެވެ. މި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ހަގީގަތާ ޚިލާފު ވާހަކަތަކާއި އަސާސެއް ނެތް ތުހުމަތުތައް އަދި ވީޑިއޯ ފަދަ ތަކެތި ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ސައްހަކަން ކަށަވަރުނުވާ މައުލޫމާތު ފެތުރުމަކީ މަރުހޫމްގެ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމެއް ކަމަށާއި، ޖިނާއީ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް ބުނެ، އެ ފަދަ މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ދުވަހަށް އެނގިފައިވާގޮތުގައި އެ އަންހެންކުއްޖާ ނިޔާވެފައިވަނީ އެމްއެންޔޫ ދަނާލުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް