އައިޕީޔޫގެ ބައްދަލުވުމަށްފަހު މަޖިލީހުގެ ރައީސް ރާއްޖެއަށް

އިންޓަރ-ޕާލަމަންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ. މި މަހުގެ 13 ވަ...

21 Apr 2026 | 08:17
ތުރުކީއަށް ވަޑައިގެންނެވި މަޖިލީހުގެ ވަފުދު އެއަރޕޯޓުގައި /ފޮޓޯ: މަޖިލިސް އިދާރާ

ތުރުކީއަށް ވަޑައިގެންނެވި މަޖިލީހުގެ ވަފުދު އެއަރޕޯޓުގައި /ފޮޓޯ: މަޖިލިސް އިދާރާ

އިންޓަރ-ޕާލަމަންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

މި މަހުގެ 13 ވަނަ ދުވަހު ތުރުކީވިލާތުގެ އިސްތަންބުލަށް ކުރެއްވި މި ދަތުރުފުޅުގައި، މަޖިލީހުގެ ބައެއް މެންބަރުންނާއި އަމީން އާންމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ވަނީ ތަޤްރީރު ކުރައްވައި، ދުނިޔެއަށް ދިމާވެފައިވާ ހަމަނުޖެހުންތަކާއި ހަނގުރާމަތަކުން އަރައިގަތުމަށް ޤާނޫނު ހަދާ މަޖިލީސްތަކުން އަދާކުރަންޖެހޭ ދައުރުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

"އަންނަން އޮތް ޖީލުތަކަށްޓަކައި އުންމީދު އާލާކޮށް، ސުލްޙަ މަސަލަސްކަން ޤާއިމުކޮށް އަދި އިންސާފު ކަށަވަރުކޮށްދިނުން" މި މައުޟޫޢަށް ބޭއްވި މިއަހަރުގެ އެސެމްބްލީގައި، ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި ޤާނޫނުތަކާއި ސިޔާސަތުތައް ބައްޓަންކުރުމުގައި މަޖިލީސްތަކުގެ ދައުރު ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ތަޢުލީމާއި، ޞިއްޙަތު އަދި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީގެން ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމުގެ މުހިންމުކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް