ލޯންޗު އެކްސިޑެންޓް: އަނިޔާ ލިބުނު މަނިކް ބީމްސަންގެ އަތް ބުރިކޮށްލަން ޖެހުނު

ވ. ފެލިދޫ ކައިރީގައި މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިނގި ލޯންޗު ހާދިސާގައި އަތެއް ބުރިވެ ސީރިއަސް އަނިޔާތައް ލިބުނު މީހ އިތުރު ފަރުވާ ހޯދުމަށް މިއަދު އިންޑިއާއަށް ފުރައިފައިވާ ކަމަށް ފުލުހުން ބުނެފިއެ...

21 Mar 2026 | 14:10
N/A

N/A

ވ. ފެލިދޫ ކައިރީގައި މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިނގި ލޯންޗު ހާދިސާގައި އަތެއް ބުރިވެ ސީރިއަސް އަނިޔާތައް ލިބުނު މީހ އިތުރު ފަރުވާ ހޯދުމަށް މިއަދު އިންޑިއާއަށް ފުރައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އިންޑިއާ މީޑިއާތަކުން އެނގޭގޮތުގައި އެއީ މަނިކް ބީމްސަން ބަރްދުވާޖް ނަމަކަށް ކިޔާ ފިރިހެނެކެވެ.

ފުލުހުން ބުނީ، ހާދިސާ ހިނގިއިރު ލޯންޗުގައި ޖުމްލަ ހަތް މީހުން ތިބި ކަމަށެވެ. އެއީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ. މި ހާދިސާގައި ފަސް މީހަކު ކަނޑަށް ވެއްޓިފައިވާ ކަމަށާއި، އެއީ ރަޝިޔާގެ އަންހެން މީހާ އާއި އިންޑިއާގެ ހަތަރު ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

ހާދިސާގައި ލޯންޗުގައި ތިބި އެންމެންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި، ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައި ކަމަށް ފުލުހުން ބުނެއެވެ. ރަޝިޔާގެ އަންހެނަކާއި އިންޑިއާގެ ފިރިހެނަކަށް ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި މިހާރު ވެސް ދަނީ ފަރުވާ ދެމުންނެވެ. މީގެ އިތުރުން، އިންޑިއާ ފިރިހެނަކާއި އިނގިރޭސިވިލާތުގެ އަންހެނަކު ވެސް ވަނީ އިއްޔެ ފަރުވާ އަށް އިންޑިއާ އަށް ގޮސްފައެވެ.

މި ހާދިސާގައި ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހަކު ހޯދުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާތަކުން އަދިވެސް ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް