އެމްޕީއެލް ބޭރު - ފައިލް ފޮޓޯ: އެމްޕީއެލް
މާލޭ ވިޔަފާރި ބަނދަރު (އެމްޕީއެލް) އާ ދިމާ ބޭރުގައި، އެ ކުންފުނީގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ލޯންޗުގެ ކެޕްޓަނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ހެނދުނު 10:39 ހާއިރު ހިނގި މި އެކްސިޑެންޓުގައި ކެޕްޓަނަށް ލިބުނު އަނިޔާއަށް އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުން ކަމަށާއި، އަނިޔާ ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެއެވެ.
އެކްސިޑެންޓް ހިނގި އިރު ލޯންޗުގައި ކެޕްޓަނުގެ އިތުރުން ތިން ފަޅުވެރިން ތިބި ކަމަށާއި، މި އެކްސިޑެންޓުގެ ސަބަބުން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް