މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
ވައްކަމުގައި ހައްޔަރުކޮށްފައިވާ މީހަކު އޭނާ
މާލޭގައި އުޅޭ ހާލު އަސަރާއެކު ގާޒީއަށް ކިޔާދީފިއެވެ.
އެއީ ޅ. ކުރެންދޫއަށް ނިސްބަތްވާ، އެ ރަށު ބޮޑުގަސްދަށުގޭ،
އުމުރުން 48 އަހަރުގެ އަބްދުﷲ ޝަރީފެވެ.
އޭނާ ހައްޔަރުކޮށް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ
ވައްކަމުގެ މައްސަލައެއްގައެވެ.
އޭނާގެ ބަންދު އަމުރުގެ އިތުރު ބަޔާނުގައި
ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަމާއި ހައްޔަރު / ބަންދު
އިންތިހާއަށް ގިނަކަމުން، މީނާ އަށް ޝަރީއަތުން ނަސޭހަތްތެރިވުމުން، އަސަރާއެކު،
މީނާ ދިރިއުޅޭނެ އެއްވެސް ބޯހިޔާވަހިކަމެއް ނެތްކަމަށާއި، ވަޒީފާއެއް ނެތްކަމާއި،
ނިދަނީވެސް މަގުމަތީގައި ނުވަތަ ޖޯލިތަކުގައި ކަމުގައި ބުނެފައިވާކަމަށެވެ.
"މައްސަލައިގެ އައިއޯ ފާހަގަކުރާގޮތުގައި މީގެ
ކުރިންވެސް އުފަންރަށަށް ބަދަލުވުމަށް އޭނާ އެދިގެން އެ ފުރުސަތު ފަހިކޮށްދީފައިވޭ،
މީނާ ބުނާގޮތުގައި ރަށަށް ބަދަލުނުވެވުނީ މީނާ ޖޯއްޔެއްގައި ނިދާފައި އޮއްވައި
ޖީބު ކީހާލައިގެން، ފައިސާ އާއި ފޯނު ވަގަށްނަގާފައިވާތީ" އިތުރު ބަޔާނުގައި
ބުނެފައިވެއެވެ.
އިތުރު ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ އޭނާގެ
ހާލަތަށް ރިއާޔަތްކޮށް ފުލުހުންގެ އިންތިޒާމްތަކުގެ ތެރެއިން، އޭނާ ބަންދުގައި
ބަހައްޓާތަން އުފަން ރަށް ހިމެނޭ ތަނަކަށް ބަދަލުކުރެވިއްޖެނަމަ، އެކަން ހާސިލްވާނެކަމަށް
ޝަރީއަތަށް ފެންނަކަމަށް ހިއްސާކުރެވިފައިވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް