N/A
މާލޭގައި މީހަކު ހުއްދަނޫން ގޮތުގައި ހިފަހައްޓައިގެން އުޅުނު މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ދަންވަރު 01:22 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ. ތަހުގީގުގެ ތެރެއިން އެ މީހާ ހިފަހައްޓާފައިހުރި ތަން ދެނެގަނެ، ބާރުގެ ބޭނުންކޮށްގެން އެތަނަށް ވަދެ، އެރޭ 02:29 ހާއިރު އެ މީހާ ވަނީ ސަލާމަތްކޮށްފައެވެ. ސަލާމަތްކުރި މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ބަންގުލަދޭޝްއަށް ނިސްބަތްވާ އިޤްބާލް މިއާ (35އ) ކަމަށާއި، އޭނާއަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ފަރާތެއް ކަމަށް ފުލުހުން ބުނެއެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް