މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފި

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި ބިނާކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ. މިދިޔަ އަހަރުގެ ޖޫންމަހު ޝެއިޚް ފަރީދުގެ ކުއްލި ވަކިވުމާ ގުޅި...

21 Feb 2026 | 04:39
.

.

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި ބިނާކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ.

މިދިޔަ އަހަރުގެ ޖޫންމަހު ޝެއިޚް ފަރީދުގެ ކުއްލި ވަކިވުމާ ގުޅިގެން އެ މަނިކުފާނުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ހިދުމަތް ޖަމިއްޔާއިން ހުޅުވި ފަންޑަށް 24 ގަޑިއިރު ނުވަނީސް އެކަމަށްބޭނުންވާ 7 ލައްކަ ރުފިޔާ ވަނީ ހަމަވެފަ އެވެ.

އެ މިސްކިތް ހުޅުވުމަށްޓަކައި އިއްޔެ ބަންގްލަދޭޝްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެ މިސްކިތް ހުޅުއްވައިދެއްވީ ޝެއިޚް ފަރީދުގެ ދެ ދަރިކަލުން ކަމުގައިވާ ޢަބްދުﷲ ފަރީދު އަދި ޢަބްދުއްރަޙްމާން ފަރީދެވެ. އަދި އެ ރަސްމިއްޔާތުގައި ޚިދުމަތް ޖަމްޢިއްޔާގެ ޕާޓްނަރު އެންޖީއޯ (އަލް-މަނާހިލް ފައުންޑޭޝަން)ގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

ޚިދުމަތް ޖަމިއްޔާ އިން ބުނީ ޝެއިހް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ހުޅުވި މި މިސްކިތަކީ އެއްފަހަރާ 300 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެއް ކަަމަށެވެ.

ޝެއިހް ފަރީދު އަވަހާރަވީ މެލޭޝިއާގައި އޮތް ބައްދަލުވުމަކަށް މިދިޔަ އަހަރުގެ ޖޫންމަހު ވަޑައިގަންނަވަނިކޮށް އެ ގައުމުގެ އެއާޕޯޓުގައެވެ. ފްލައިޓުން މެލޭޝިއާއަށް ފޭބިތަނާ ޝެއިހް ފަރީދު ވެއްޓި ވަޑައިގަތުމުން އަވަސް ފަރުވާ ދިނެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ޝެއިހް ވަނީ އަވަހާރަވެފައެވެ.

ޚިދުމަތް ޖަމިއްޔާއިން މިހާރު ވަނީ ރާއްޖޭގައި ވެސް ޝައިހް ފަރީދުގެ ހަނދާނީ މިސްކިތެއް ބިނާކުރުމަށް ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް