ޖުމްލަ 5 ރަށެއްގައި އިސްލާމީ މަރުކަޒާއި މިސސްކިއްތަށް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ޖުމްލަ 5 ރަށެއްގައި އިސްލާމިކް ސެންޓަރާއި މިސްކިތުގެ އިތުރުން ޤުރްއާން ކިޔަވައިދޭ ސެންޓަރުތައ ގާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު މެންދުރ...

21 Jan 2026 | 09:42
ޅ. ނައިފަރުގައި އިސްލާމިކް ސެންޓަރެއް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޅ. ނައިފަރުގައި އިސްލާމިކް ސެންޓަރެއް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޖުމްލަ 5 ރަށެއްގައި އިސްލާމިކް ސެންޓަރާއި މިސްކިތުގެ އިތުރުން ޤުރްއާން ކިޔަވައިދޭ ސެންޓަރުތައ ގާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި 3 ރަށެއްގައި އިސްލާމިކް ސެންޓަރު އެޅުމަށާއި 2 ރަށެއްގައި މިސްކިތަކާއި ޤުރްއާން ކިޔަވައިދޭ ސެންޓަރެއް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

އޭގަތެރޭގައި ހިމެނެނީ:

* ހއ. އިހަވަންދޫގައި އިސްލާމިކް ސެންޓަރު

* ޅ. ނައިފަރު އިސްލާމިކް ސެންޓަރު

* ގއ. ވިލިނގިލީގައި އިސްލާމިކް ސެންޓަރު

* ކ. ގުޅީގައި މިސްކިތް

* ގއ. ވިލިނގިލީގައި ޤުރުއާންސެންޓަރު

މި ފަސް ޕްރޮޖެކްޓްވެސް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައި ވާއިރި މިނިސްޓްރީގެ ފަރާތުން މި ފަސް ޕްރޮޖެކްޓުގައިވެސް ސޮއިކޮށްފައި ވަނީ އިސްލާމިކް މިނިސްޓާ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް