ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ މީހުންގެ ގުރުއަތުލުން ފަށައިފި

ހުޅުމާލޭ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން މިއަދު ފަށައިފިއެވެ. މިކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިއަދު ބުނެފަ...

20 Dec 2025 | 08:14
ގުރުއަތުލުން ކުރިއަށްދަނީ -

ގުރުއަތުލުން ކުރިއަށްދަނީ -

ހުޅުމާލޭ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ

ގުރުއަތުލުން މިއަދު ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން،

ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިއަދު ބުނެފައިވަނީ ހުޅުމާލޭ ތިންވަނަ

ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެވި، އައު ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކުރެވިފައިވާތީ،

އެ ޕްލޭނަށް ރިޢާޔަތްކޮށް ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ތިންވަނަ

ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު

އައިސްފައިވުމުން، އައު ލޮޓް ނަންބަރު ކަނޑައެޅިފައިވާކަމަށެވެ.

"މިއަދު ކުރިއަށް މިދަނީ، މި ބަދަލާއި

ގުޅިގެން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ޙަވާލުކޮށްފައިވާ ފަރާތްތަކުގެ

މެދުގައި އައު ޕްލޮޓް އެލޮކޭޓް ކުރުމަށްޓަކައި ގުރުއަތުލުމުގެ މަސައްކަތް"

މިނިސްޓްރީން ބުނެފައިވެއެވެ.

ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްޞީލު

- 1650 އަކަފޫޓުގެ 181 ގޯތި

- 2050 އަކަފޫޓުގެ 242 ގޯތި

- 2450 އަކަފޫޓުގެ 132 ގޯތި

- 2850 އަކަފޫޓުގެ 62 ގޯތި

- 3250 އަކަފޫޓުގެ 41 ގޯތި

- 3650 އަކަފޫޓުގެ 16 ގޯތި

- 4000 އަކަފޫޓުގެ 24 ގޯތި

މިނިސްޓްރީއިން ބުނެފައިވަނީ މި ބަދަލާއެކު

ހުޅުމާލޭ ތިންވަނަ ފިޔަވަހިން ގޯތިލިބޭ ފަރާތްތަކަށް ލިބިގެންދާ ޕްލޮޓްގެ ގުރުއަތުލުމުގެ

ކަންކަން ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާފައިވާ، އެ މިނިސްޓްރީގެ

މުވައްޒަފުން ކަމަށެވެ.

"ހުޅުމާލޭ ތިންވަނަ ފިޔަވަހިން ބިން ލިބޭ

ފަރާތްތަކުގެ ތެރެއިން ގުރުއަތުލާ ހޯލަށް، ބިން ލިބިފައިވާ ފަރާތް/ ފަރާތްތަކުގެ

ތެރެއިން ކޮންމެ ޕްލޮޓަކަށް އެއް ފަރާތަށް ވަދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި،

ގުރުއަތުލާއިރު ޕްލޮޓް އެލޮކޭޓްކުރެވޭ ފަރާތްތަކަށް ވަގުތުން އެފަރާތަކަށް ލިބުނު

ޕްލޮޓް ނަންބަރު އެސް.އެމް.އެސްގެ ޒަރިއްޔާއިން ލިބިގެންދާނެ" މިނިސްޓްރީން

ބުނެފައިވެއެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ގޯތިލިބޭ

ފަރާތްތަކުގެ ގުރުއަތުލުން ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ

ފަރާތްތަކާއެކު ވާ އެއްބަސްވުންތަކާގުޅޭ މަޢުލޫމާތު އެ މިނިސްޓްރީއިން ފަހުގެ

ތާރީޚެއްގައި ޙިއްސާކުރާނެކަމަށާއި އަދި ބިން ހިއްކާ ނިމުމުން، ގޯތި ލިބިފައިވާ

ފަރާތްތަކާއި ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް