ގާޒާގެ ހާލަތާއި މެދު ސައުދީން ކަންބޮޑުވެ، ފަލަސްތީނާއި މަޝްވަރާކޮށްފި

ޣައްޒާގެ ހާލަތާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާއި ބެހޭގޮތުން ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ފަލަޞްޠީނުގެ ނައިބު ރައީސާ މަޝްވަރާކުރައްވައިފި އެވެ. މި މަޝްވަރާތައް ދެ ފަރާތުން ކުރެއްވީ ފޯނުން ގުޅުއ...

20 Jul 2026 | 17:49
ސައުދީ ހާރިޖީ ވަޒީރާއި ފަލަސްތީނުގެ ނައިބު ރައީސް --

ސައުދީ ހާރިޖީ ވަޒީރާއި ފަލަސްތީނުގެ ނައިބު ރައީސް --

ޣައްޒާގެ ހާލަތާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާއި ބެހޭގޮތުން ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ފަލަޞްޠީނުގެ ނައިބު ރައީސާ މަޝްވަރާކުރައްވައިފި އެވެ.

މި މަޝްވަރާތައް ދެ ފަރާތުން ކުރެއްވީ ފޯނުން ގުޅުއްވައިގެންނެވެ.

ސައުދީ ސަރުކާރުން މީޑިއާގައި ބުނެފައިވާ ގޮތުގައި ޚާރިޖީ ވަޒީރު އަމީރު ފައިޞަލް ބިން ފަރުހާން ފަލަޞްޠީނުގެ ނައިބު ރައީސް ހުސައިން އައްޝައިޚާ ކުރެއްވި މަޝްވަރާތަކުގައި އެންމެ ބޮޑަށް މަޝްވަރާ ކުރެއްވީ ޣައްޒާ އާއި އިސްތިއުމާރީ އިޒްރޭލު ހިފާފައިވާ ފަލަޞްޠީނުގެ ބިންތަކުގެ ހާލަތާއި ގުޅޭގޮތުން ކަމަށެވެ.

މި ފޯނު ކޯލުގައި ދެ ބޭފުޅުން ވަނީ ފަލަޞްޠީނު ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށް ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފައެވެ.

މީގެ އިތުރުން ދެ ފަރާތުގެ މެދުގައި މަސްލަހަތު ހުރި ސަރަހައްދީ އެކިއެކި މައްސަލަތަކާ ގުޅޭ ގޮތުންވެސް މި މަޝްވަރާގައި ދެ ބޭފުޅުން ޚިޔާލު ބަދަލުކުރައްވައިފައިވެއެވެ.

މިފަދަ މަޝްވަރާތަކެއް ކުރި އިރު ގައްޒާއަށް އިޒްރާއީލުން ވޭތުވެދިޔަ ތިން އަހަރު ދިން ހަމަލާތަކާއި ޖައްސާފައިވާ ހާލަތު ބަދަލު ކުރުމަށް ސައުދީން އެދެވޭ ގޮތެއްގައި މަސައްކަތް ނުކުރާ ކަމަށް މަޝްރަހު ދިރާސާ ފަރާތްތަކުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް