ސައޫދީން އެއް އަހަރު ދުވަހުގެ މަލްޓިޕަލް އެންޓްރީ އުމްރާ ވިސާ ތައާރަފުކޮށްފި

ސައޫދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ ވުޒާރާއިން 365 ދުވަހުގެ މުއްދަތަށް ސައޫދީއަށް އެތައް ފަހަރަކު ވަދެވޭ މަލްޓިޕަލް އެންޓްރީ އުމްރާ ވިސާއެއް ތައާރަފުކޮށްފިއެވެ. މި ވިސާ ދޫކުރާ ތާރީހުން ފެށިގެން އ...

20 Jul 2026 | 14:21
N/A

N/A

ސައޫދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ ވުޒާރާއިން 365 ދުވަހުގެ މުއްދަތަށް ސައޫދީއަށް އެތައް ފަހަރަކު ވަދެވޭ މަލްޓިޕަލް އެންޓްރީ އުމްރާ ވިސާއެއް ތައާރަފުކޮށްފިއެވެ.

މި ވިސާ ދޫކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ބޭނުން އަދަދަކަށް ސައޫދީއަށް ދެވޭނެ ކަމަށާއި ޖުމްލަ 90 ދުވަހު ސައޫދީގައި މަޑުކުރެވޭނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. ނަމަވެސް ހައްޖު މޫސުމުގައި މި ވިސާ ބޭނުންކޮށްގެން ސައޫދީއަށް ނޭރޭނެއެވެ. ކޮންމެ ދަތުރެއްގެ ކުރިން ނުސުކް އެޕް މެދުވެރިކޮށް އުމްރާ ޕާމިޓެއް ހޯދައި ނުސުކް ޕްލެޓްފޯމުގައި ލިސްޓުކޮށްފައިވާ އެކްރެޑިޓެޑް ހިދުމަތްދޭ ފަރާތަކުން ސާވިސް ޕެކޭޖެއް ގަންނަން ޖެހެއެވެ.

ސައޫދީން ފުރާ ކޮންމެ ފަހަރަކު ވިސާ އޮޓޮމެޓިކުން ސަސްޕެންޑުވާނެ ކަމަށާއި ދެން ދާ ފަހަރަކު ޝަރުތުތައް ފުރިހަމަވުމުން އަލުން އެކްޓިވޭޓް ވާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. ބާކީ ހުރި ދުވަސްތައް ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ކުރިއަށް ހުރި ދަތުރުތަކުގައި ބޭނުންކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް