ތިލަފުށީ ވެމްކޯ ސައިޓުގައި އަލިފާން ރޯވުން، ކޮންޓްރޯލް ކުރެވުނީ 10 ގަޑިއިރު ފަހުން!

ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގެ ކުނިގޮނޑުގައި ރޭ ރޯވި އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެތަނުގައި ރޯވި އަލިފާން ގަނޑު ނިވާލެވިފައި މިވަނީ ގާތްގަނޑަކަށް 10...

20 Jul 2026 | 06:42
ވެމްކޯ ސައިޓުގައި ރޯވި އަލިފާންގަނޑު -- ފޮޓޯ: އެމްވީކްރައިސިސް

ވެމްކޯ ސައިޓުގައި ރޯވި އަލިފާންގަނޑު -- ފޮޓޯ: އެމްވީކްރައިސިސް

ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގެ ކުނިގޮނޑުގައި ރޭ ރޯވި އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެތަނުގައި ރޯވި އަލިފާން ގަނޑު ނިވާލެވިފައި މިވަނީ ގާތްގަނޑަކަށް 10 ގަޑިއިރު ފަހުން މިއަދު ހެނދުނު 8:00 ގައި އެވެ. ސިފައިން ބުނީ އަލިފާނުގެ ހާދިސާގެ ރިޕޯޓު ކުރީ ރޭ 10:20 ހާއިރު ކަމަށެވެ.

އެ ރިޕޯޓު ލިބުމާ އެކު ތިލަފުށީ ފަޔާ ސްޓޭޝަނާއި މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައެވެ.

އަލިފާން ނިވާލެވުނު ނަމަވެސް ކުނިތަކުގައި އަލިފާނުގެ އަސަރު އަދިވެސް ހުރުމުން ފަޔާ ފައިޓަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

ކުނިގޮނޑެއްގައި ރޯވި އަލިފާނެއް ކަމުން އެއްކޮށް ނިއްވައިލުމަށް އިތުރު ވަގުތު ނަގާނެ ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް