މަންމަ އާއި ބައްޕައާއި މާމަ މަރާލި މައްސަލައެއްގައި އެމެރިކާއިން އިންޑިއާ ޒުވާނަކު ހައްޔަރު

އެމެރިކާގެ ޓެކްސަސް ގައި މަންމަ އާއި ބައްޕަ އާއި މާމަ ބަޑިޖަހައި މަރާލި ކަމުގެ ތުހުމަތުގައި އިންޑިއާގެ ޕަންޖާބު ދަރިކޮޅުގެ 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. ހިޑާލްގޯ ކައުންޓީ ޝެރިފް އެޑީ ގެރާ ބ...

20 Jun 2026 | 07:53
N/A

N/A

އެމެރިކާގެ ޓެކްސަސް ގައި މަންމަ އާއި ބައްޕަ އާއި މާމަ ބަޑިޖަހައި މަރާލި ކަމުގެ ތުހުމަތުގައި އިންޑިއާގެ ޕަންޖާބު ދަރިކޮޅުގެ 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ހިޑާލްގޯ ކައުންޓީ ޝެރިފް އެޑީ ގެރާ ބުރާސްފަތި ދުވަހު ބުނީ، ގައުރަވް ޗޯޕްރާ ނަމަކަށް ކިޔާ މި ޒުވާނާ ހައްޔަރުކުރީ ޖޫން 16 ވަނަ ދުވަހު ރޭ ޓެކްސަސްގެ އޯލްޓަންގައި ހުންނަ އެ އާއިލާގެ ގޭގައި ބައްޕަ ސްވީތާ ރާމް (56 އަހަރު)، މަންމަ ކަމްލެޝް ރާނީ (46 އަހަރު) އަދި މާމަ މޯހިންދަރ ކައުރު (73 އަހަރު) ބަޑިން ޝޫޓުކޮށް މަރާލި ކަމުގެ ތުހުމަތުގައި ކަމަށެވެ. މީގެ އިތުރުން 21 އަހަރުގެ ބޭބެ އަށް ވެސް ބަޑިޖެހި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެއެވެ.

ފުލުހުންގެ ބަޔާނުގައިވާ ގޮތުން، ބޭބެ ގޭގެ މައްޗަށް އެރި އިރު ބިންމަތީގައި ފައިތަކެއް ފެނިގެން ބެލި އިރު ގައުރަވް ބޭބެ އާ ދިމާ އަށް ބަޑި ދިއް ކޮށް އެއް ފަހަރު ޖެހި ކަމަށެވެ. ނަމަވެސް އެ ވަޒަން އަމާޒެއް ނުވެއެވެ. ބޭބެ ގެއިން ނުކުމެ ފިލައިގެން ގޮސް ފުލުހުންނަށް ގުޅައި، ގައުރަވް އާއިލާ މަރާލުމަށް ފަހު ހުދު ކުލައިގެ ލެކްސަސް ކާރެއްގައި ފިލައިގެން ދިޔަ ކަމަށް ރިޕޯޓު ކުރިއެވެ.

ފުލުހުން ފަހާ ދުވެ ގައުރަވް ހައްޔަރުކުރި އިރު، މީހުން މެރި ކަމަށް ބެލެވޭ ހަތިޔާރު އޭނާގެ ކާރުން ފެނިފައިވެއެވެ. ބުރާސްފަތި ދުވަހު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، ގައުރަވްގެ މައްޗަށް ގިނަ ދައުވާތަކެއް ވަނީ އުފުލާފައެވެ. ޝެރިފް ބުނީ މި ޖަރީމާގެ ސަބަބު ހޯދުމަށް ތަޙުޤީޤު ކުރިއަށް ދާ ކަމަށާއި، ތުހުމަތު ކުރެވޭ ޒުވާނާގެ ކުށުގެ ރެކޯޑެއް ނެތް ކަމަށާއި މަސްތުވާތަކެތީގެ މައްސަލައެއް ވެސް ނެތް ކަމަށެވެ.

ސްވީތާ ރާމް ގާތްގަނޑަކަށް 30 އަހަރު ކުރިން އެމެރިކާ އަށް ހިޖުރަކުރީ އިންޑިއާގެ ނަވާންޝެހެރް ޑިސްޓްރިކްޓުގެ ލަކްޕޫރް އަވަށުންނެވެ. ޓެކްސަސްގެ ޕާމްވިއުގައި ނަން މަޝްހޫރު ވިޔަފާރިވެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު ރާމް ގެ ކަޒިން މަކާން ސިންގް ބުނީ، އާއިލާ ހަތަރު ފަސް މަސް ކުރިން ރަށަށް ޒިޔާރަތް ކުރި ކަމަށާއި އެ ޢާއިލާ އެ ދުވަހުވެސް ފެނުނީ ވަރަށް އުފާވެރިކޮށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް