N/A
ވ. ފެލިދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގިއިރު ލޯންޗުގައި ޖުމުލަ ހަތް މީހުން ތިބި ކަމަށެވެ. އެއީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނަކާއި އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި ލޯންޗުން ވިއްސައިގެންގޮސް މޫދަށް ވެއްޓިފައިވަނީ ފަސް މީހުންނެވެ. އެއީ ރަޝިއާއަށް ނިސްބަތްވާ އަންހެން މީހާއާއި އިންޑިއާގެ ހަތަރު ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.
ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް